Ads by Farudhun

ޚަބަރު

އަހަރުގެ މިހާތަނަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

އަހަރުގެ މިހާތަނަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

ރާއްޖެ އައި ފަތުރުވެރިންތަކެއް / ފޮޓޯ: އެމްއޭސީއެލް

farudhun logo

ފަރުދުން

01 ނޮވެމްބަރު 2026، 08:10

01 ނޮވެމްބަރު 2026، 08:10

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އަހަރުގެ މިހާތަނަށް ޖުމްލަ 1،797،060 (އެއް މިލިއަން ހަތްލައްކަ ނުވަދިހަ ހަތްހާސް ފަސްދޮޅަސް) ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި މިހާރު އެވްރެޖުކޮށް ކޮންމެ ދުވަހަކުވެސް 6،000 އެއްހައި ފަތުރުވެރިން ރާއްޖެއަށް އަންނަ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކައެވެ.

ފަތުރުވެރިކަމުގެ ވުޒާރާގެ ރެކޯޑުތަކަށް ބަލާއިރު، ނިމިދިޔަ އޮކްޓޫބަރު މަހު އެކަނިވެސް ރާއްޖެއަށް 194،039 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި 192،398 ފަތުރުވެރިންނާ އަޅާބަލާއިރު %0.9 ގެ ކުރިއެރުމެކެވެ.

މިއަހަރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފުރަތަމަ ކަނޑައެޅި އަމާޒަކީ 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. ނަމަވެސް، މެދުއިރުމަތީގެ ސަރަޙައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އައި ލޮޅުންތަކުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށްވެސް ވަނީ ކޮށްފައެވެ.

އެހެންނަމަވެސް، މި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ހިއްސާދާރުންނާ ގުޅިގެން ކުރި މަސައްކަތްތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވަނީ ވިދާޅުވެފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރަށް ބޮޑުތަނުން ރަނގަޅުވެގެންދާނެއެވެ.

މީގެއިތުރުން، ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް ރާއްޖޭގެ މާކެޓު އިތުރަށް ފުޅާކުރުމުގެ ގޮތުން، މި ސީޒަނުގައި އަލަށް އިތުރު 7 އެއާލައިނެއްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވާކަންވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ. މިކަމުގެ ސަބަބުން އަހަރު ނިމުމުގެ ކުރިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450