Ads by Farudhun

ޚަބަރު

އިތުރު ތިން އަތޮޅެއްގެ ޔުޓިލިޓީ ޚިދުމަތް ސްޓެލްކޯއަށް ބަދަލުކޮށްފި

އިތުރު ތިން އަތޮޅެއްގެ ޔުޓިލިޓީ ޚިދުމަތް ސްޓެލްކޯއަށް ބަދަލުކޮށްފި

ސްޓެލްކޯއިން ޔުޓިލިޓީއާ ހަވާލުވުން / ފޮޓޯ: ސްޓެލްކޯ

farudhun logo

ފަރުދުން

01 ނޮވެމްބަރު 2026، 09:16

01 ނޮވެމްބަރު 2026، 09:16

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ރާއްޖޭގެ އިތުރު ތިން އަތޮޅެއްގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ރަސްމީކޮށް ބަދަލުކޮށްފިއެވެ.

މި ފަހަރު ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުކުރެވުނު ތިން އަތޮޅަކީ ފ. އަތޮޅު، ދ. އަތޮޅު އަދި ތ. އަތޮޅެވެ. މިއީ ސަރުކާރު ހިންގުމުގެ ޚަރަދުތައް ކުޑަކޮށް، ހަރުދަނާ އަދި އެއް ނިޒާމެއްގެ ދަށުން ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ފެނަކަ ކޯޕަރޭޝަން އުވާލައި އެ ކުންފުނީގެ ދަށުން ދެމުންދިޔަ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވާފައިވާ ސިޔާސަތުގެ ދަށުން އެޅުނު ފިޔަވަޅެކެވެ.

މި ބަދަލާ ގުޅިގެން ސްޓެލްކޯއިން ހާމަކޮށްފައިވަނީ، މި ތިން އަތޮޅުގެ ޚިދުމަތްތައް އެ ކުންފުނީގެ ދަށަށް ބަދަލުވި ހިސާބުން ފެށިގެން، އެ ސަރަޙައްދުތަކުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.



އަދި މި މަސައްކަތުގެ މައިގަނޑު އަމާޒަކީ އެ އަތޮޅުތަކުގެ ރައްޔިތުންނަށް އިތުބާރުހުރި، ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ގޮތެއްގައި ޔުޓިލިޓީގެ ޚިދުމަތްތައް ކަށަވަރުކޮށްދިނުން ކަމަށް ވެސް އެ ކުންފުނިން ބަޔާންކުރެއެވެ.

ސަރުކާރުގެ އިޤްތިޞާދީ އަދި އިދާރީ އިޞްލާޙީ ފިޔަވަޅުތަކުގެ ތެރެއިން، ޚިދުމަތްތައް އެއްފުރާޅެއްގެ ދަށަށް ގެނައުމަށް ފަށާފައިވާ މި މަސައްކަތުގެ ސަބަބުން، ޔުޓިލިޓީ ޚިދުމަތްތަކުގެ ފެންވަރު މަތިވެ، ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450