ޚަބަރު
ފީވަކު ނަރުދަމާ މަރާމާތު ކުރުމަށް ސްޓެލްކޯއާ ހަވާލުކޮށްފި
ފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަޝްރޫޢު ހަވާލުކުރުން / ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ
ށ. ފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަޝްރޫޢުގެ މަސައްކަތް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް ޢަލީ ފާރިސް ޔޫސުފެވެ. އަދި ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލާ ޢާއިޝަތު މުޒްނާއެވެ.
The Ministry of Climate Change, Environment and Energy has signed an agreement with State Electric Company Limited (STELCO) to repair the existing sewerage system in Sh. Feevah. Valued at MVR 3,822,120, the project is scheduled for completion within 60 days of signing. The agreement was signed by Minister of State Ali Faris Yoosuf on behalf of the Ministry and Deputy Managing Director Aishath Muzna on behalf of @STELCOMALDIVES . #Feevah #STELCO #Sanitation #Maldives
— Min. of Climate Change, Environment and Energy, MV (@MoEnvmv) November 1, 2026
މި މަޝްރޫޢަކީ 3,822,120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި) ރުފިޔާގެ މަޝްރޫޢެކެވެ. މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން، ސޮއިކުރި ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި ފީވަކު ނަރުދަމާ މަރާމާތުކުރުމުގެ އެންމެހައި މަސައްކަތްތައް ނިންމަންޖެހެއެވެ.
މި މަޝްރޫޢު ނިމުމުން ފީވަކުގެ ރައްޔިތުންނަށް ނަރުދަމާގެ ޚިދުމަތް ބޭނުންކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.