ކުޅިވަރު

ވީއައިއޭގެ ޓާމިނަލް 1އިން ޚިދުމަތްދޭން ފެށި ޖަރުމަނުގެ ފުރަތަމަ ފްލައިޓަކަށް ކޮންޑޯ

ވީއައިއޭގެ ޓާމިނަލް 1އިން ޚިދުމަތްދޭން ފެށި ޖަރުމަނުގެ ފުރަތަމަ ފްލައިޓަކަށް ކޮންޑޯ

ކޮންޑޯއިން ރާއްޖެއަށް އައި ފަތުރުވެރިންތަކެއް / ފޮޓޯ: އެމްއޭސީއެލް

farudhun logo

ފަރުދުން

20 ނޮވެމްބަރު 2025، 09:05

20 ނޮވެމްބަރު 2025، 09:05

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޓާމިނަލް 1އިން ޚިދުމަތްދޭން ފެށި ޖަރުމަނުގެ ފުރަތަމަ ފްލައިޓުގެ ޝަރަފު ކޮންޑޯއަށް ލިބިއްޖެއެވެ. 

ޓާމިނަލް 1އިން ކޮންޑޯއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލުއެވެ.

ރަސްމިއްޔާތުގައި ކޮންޑޯގެ އިންޓަކޮންޓިނެންޓަލް ސްޓޭޝަންސްގެ އޭރިއާ މެނޭޖަރު ސްޓެފަން މެކްކެނާ އާއި ކޮންޑޯގެ އޭޝިއާ އަދި އިންޑިއަން އޯޝަންގެ ގްރައުންޑް އޮޕަރޭޝަންސްގެ ރީޖަނަލް މެނޭޖަރު ރޮން ޕްލެން އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮންޑޯއަށް ވީއައިއޭގެ އަައު ޓާެރމިނަލުން މަރުހާބާ ކިޔުން / ފޮޓޯ: އެމްއޭސީއެލ

މިއަދުގެ ރަސްމިއްޔާތުގައި ކޮންޑޯގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާރލައިނުން ފުރި 302 ފަސިންޖަރުންނަށް ވެސް މަރުޚަބާ ކިޔާފައި ވެއެވެ. އަދި ޓާމިނަލް 1އަށް ކައިރި ކުރި ކޮންޑޯގެ ފުރަތަމަ ފްލައިޓުން ރާއްޖެ އައި 277 ފަސިންޖަރުންނަށް ވެސް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައި ވެއެވެ.

ކޮންޑޯއިން ރާއްޖެއަށް ދަތުރުތައް ފެށީ 31 އޮކްޓޫބަރު 1981 ގައެވެ. 

ކޮންޑޯ އާއެކު ޓާމިނަލް 1އިން ހިދުމަތް ދޭން ފެށި އެއާރލައިންތަކުގެ އަދަދު ވަނީ 26 އަށް އިތުރުވެފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން