Ads by Stelco

ޚަބަރު

މޯލްޑިވިއަންގައި ޑިސެންބަރު މަހު 99 ޑޮލަރަށް ލަންކާއަށް ޖައްސާލެވިދާނެ!

މޯލްޑިވިއަންގައި ޑިސެންބަރު މަހު 99 ޑޮލަރަށް ލަންކާއަށް ޖައްސާލެވިދާނެ!

މޯލްޑިވިއަންގެ ވައިޑް-ބޮޑީ އެއަރކްރާފްޓް--- ފޮޓޯ: މޯލްޑިވިއަން

farudhun logo

ފަރުދުން

21 ނޮވެމްބަރު 2025، 04:06

21 ނޮވެމްބަރު 2025، 04:06

ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު އުދުހޭ މަޤުބޫލު އެއާރލައިނަކަށް ވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި އަންނަ މަހު އެންމެ 99 ޑޮލަރަށް ލަންކާއަށް ދެވޭ ފެއަރއެއް މޯލްޑިވިއަން އެއާރލައިނުން ތަޢާރަފްކޮށްފިއެވެ.

މޯލްޑިވިއަންއިން ހާމަކޮށްފައިވާ ގޮތުގައި، ޓިކެޓުގެ އަގު 99 އެމެރިކާ ޑޮލަރުން ފެށޭ މި ޚާއްޞަ ފެއާރގެ ދަތުރުތައް އޮންނާނީ އަންނަ ޑިސެންބަރު މަހުގެ 7 އަދި 9 ވަނަ ދުވަހުއެވެ. މި ފެއަރ ޚާއްޞަކޮށްފައި ވަނީ ހަމައެކަނި ދިވެހިންނަށްކަން ފާހަގަކޮށްލެވެއެވެ.

މި ފެއާރގެ ދަށުން ލިބޭ ބެގޭޖު އެލަވަންސް ވެސް މޯލްޑިވިއަނުން ވަނީ ބޮޑުކޮށްފައެވެ. އެގޮތުން ކޮންމެ މީހަކަށް 35 ކިލޯގެ އެލަވަންސެއް ލިބޭނެއެވެ. 



އަދި މި ފެއާރއާއެކު، ލަންކާގެ ދެކޮޅު ޓިކެޓެއްގެ އަގު އަރަނީ ގާތްގަނޑަކަށް 3،400 ރުފިޔާއަށެވެ. އެހެންކަމުން، މިއީ ގިނަ ގޮތްގޮތުން ރާއްޖެއާ ގުޅިފައިވާ ލަންކާއަށް ދަތުރުކޮށްލުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަން ފާހަގަކޮށްލެވެއެވެ.

މޯލްޑިވިއަނުން ޑިސެމްބަރު ބަންދާއި ދިމާކޮށް ތައިލޭންޑްގެ ބެންކޮކް އަދި މެލޭޝިއާގެ ކުއަލަލަންޕޫރަށް ޚާއްސަ ދަތުރުތަކެއް ކުރުމަށް ނިންމާފައެވެ. މި ދަތުރުތައް އޮންނާނީ ޑިސެމްބަރު އަދި ޖަނަވަރީ މަހުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން