Ads by Stelco

ޚަބަރު

ތިން ކެފޭއަކުން 7 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ތިން ކެފޭއަކުން 7 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ބުރާސްފަތި ދުވަހު ޓާސްކް ފޯސްއިން ހުޅުމާލޭގައި ހިންގި އޮޕަރޭޝަންގެ ތެރެއިން / ފޮޓޯ: އިމިގްރޭޝަން

farudhun logo

ފަރުދުން

21 ނޮވެމްބަރު 2025، 07:14

21 ނޮވެމްބަރު 2025، 07:14

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި އެއީ ބުރާސްފަތި ދުވަހު ހުޅުމާލޭގެ 3 ކެފޭއެއް ބަލާފާސްކުރިއިރު އެ ތަނުގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުން ދިޔަ ބައެކެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު، ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް، އިމިގްރޭޝަނާއި ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.



ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޙައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިމިގްރޭޝަނުން ވަނީ އެފަދަ ބިދޭސީންގެ މައްސަލަތައް ރިޕޯޓު ކުރުމަށް ޚާއްޞަ ޕްލެޓްފޯމެއް ވެސް ޤާއިމްކޮށްފައެވެ. "އިމިގްރޭޝަން ވޮޗް"ގެ ނަމުން ނަންދީފައިވާ މި ޕޯޓަލް މެދުވެރިކޮށް، ކާކުކަން ނޭންގޭ ގޮތަށް ވެސް އެފަދަ ރިޕޯޓުތައް ކުރެވޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން