Ads by Stelco

ޚަބަރު

އެންޑީއޭއިން ހައްޔަރުކުރި ފަޞީޙްގެ ބަންދަށް 15 ދުވަސް ޖަހައިފި

އެންޑީއޭއިން ހައްޔަރުކުރި ފަޞީޙްގެ ބަންދަށް 15 ދުވަސް ޖަހައިފި

މި މައްސަލައިގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 ނޮވެމްބަރު 2025، 11:46

22 ނޮވެމްބަރު 2025، 11:46

ނެޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭ އިން ފަރުވާ ދެމުންދާ ފަރާތްތަކަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި ފަޞީޙްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އެންޑީއޭގެ ފަރާތުން ކަމަށާއި، މިހާރު މައްސަލަ ތަޙުޤީޤުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން، މައްސަލައިގެ ތަހުޤީޤުގެ ތެރެއިން އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު ފަޞީޙް 15 ދުވަހަށް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ މަޢުލޫމާތު ދެއްވާ ގޮތުގައި، މިމަހުގެ 4 ވަނަ ދުވަހު އެންޑީއޭއިން ހުށަހެޅި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އެ އިދާރާގެ ޕިއަރ މެންޓަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މީހެކެވެ. އޭނާއަކީ ސ. ފޭދޫ، ފްލޮރިޑާ، 51 އަހަރުގެ މުޙައްމަދު ފަޞީޙް ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. މި ތުހުމަތުތަކަކީ ޑްރަގަށް ފަރުވާ ހޯދާ ފަރާތްތަކުގެ އިތުބާރު ލިބިފައިވާ މުއައްސަސާއެއްގެ ތެރޭގައި ހިންގިފައިވާ ކަމަށް ބެލެވޭ ނުރައްކާތެރި އަމަލެއް ކަމަށްވާތީ، ފުލުހުން މި މައްސަލަ ވަރަށް ސީރިއަސްކޮށް ތަޙުޤީޤުކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން، މި ތަޙުޤީޤަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް އެއްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ފުލުހުން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން