Ads by Exprox

ޚަބަރު

ރައީސް މުޢިއްޒުގެ ސިޔާސަތަކީ ޖަލުގައި ޤައިދީން ހޭދަކުރާ މުއްދަތުގައި މަސައްކަތެއް ދަސްކޮށްދީ އާމްދަނީ ހޯދޭނެ މަގެއް ހޯދައިދިނުން!

ރައީސް މުޢިއްޒުގެ ސިޔާސަތަކީ ޖަލުގައި ޤައިދީން ހޭދަކުރާ މުއްދަތުގައި މަސައްކަތެއް ދަސްކޮށްދީ އާމްދަނީ ހޯދޭނެ މަގެއް ހޯދައިދިނުން!

ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން. ފޮޓޯ: ދާޚިލީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 އޯގަސްޓު 2024، 03:10

29 އޯގަސްޓު 2024، 03:10

ހުލާސާ


ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ ޖަލުގައި ޤައިދީން ހޭދަކުރާ މުއްދަތުގައި، ކޮންމެ ގައިދީއަކަށްވެސް ކޮންމެވެސް މަސައްކަތެއް ދަސްކޮށްދީ، އާމްދަނީ ހޯދޭނެ މަގެއް އެ މީހުންނަށް ހޯދައިދީ، މުޖުތަމަޢުއަށް އަވަހަށް ނުކުމެވޭނެ މީހަކަށް ހެދުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިޙްސާން މިހެން ވިދާޅުވީ ކ. މާފުށީގައި ގައިދީންގެ މަސައްކަތްވެސް ހިމަނައިގެން ތަރައްޤީ ކޮށްފައިވާ "ދިވެހި ސަޤާފީ ގޯތި" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މީގެއިތުރުން، ޖަލުތަކުގައި މީހުން ގިނަ ދުވަހު ބަންދު ކުރުމުގެ ބަދަލުގައި، ޖަލަށް ވެއްދުމާއެކު، އެމީހާ އިސްލާޙް ކުރުމުގެ މަސައްކަތް ފަށައި، ދަސްކުރަން ޖެހޭ ކަންކަން ދަސްކޮށްދީ، މުޖުތަމަޢަށް ބޭނުންތެރި މީހަކަށް ހެދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިޙްސާން ވިދާޅުވީ ގައިދީން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތުގެ ތެރޭގައި ކުރިއަށްވުރެ ބޮޑަށް ޤައުމިއްޔަތު ހިމެނުމަކީ ރައީސް ޑރ މުޢިއްޒުގެ އަމާޒެއް ކަމަށެވެ.

އެގޮތުން، ކޮމިޝަނަރ އޮފް ޕްރިސަންސްގެ އިސްނެންގެވުމާއެކު ކަރެކްޝަނަލް ސާވިސަސްގެ އޮފިސަރުންނާއި ޖަލު ގައިދީންގެ މަސައްކަތުން ތަރައްޤީ ކުރެވުނު ދިވެހި ސަޤާފީ ގޯއްޗަކީ ރާއްޖޭގައި އެފަދައިން ކުރެވޭ އެންމެ ބޮޑު މަސައްކަތް ކަން ވަޒީރު އިޙްސާން ފާހަގަކުރެއްވުއެވެ.

އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތުގެ ޕްލޭނެއްވެސް ސަރުކާރުގެ އެބަ އޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއާއެކު ވަޒީރު ވަނީ މިކަމުގެ ތެރެއިން، ރައީސް މުޢިއްޒު ކަނޑައަޅާފައިވާ އައު ސިޔާސަތެއް އިޢްލާން ކުރައްވާފައެވެ.


ގައިދީންގެ ތެރެއިން ރިހެބިލިޓޭޝަން މަސައްކަތުގައި ބައިވެރިވާ ކޮންމެ ގައިދީއެއް، އެއީ އިލެކްޓިރިކަލް އިންޖިނިއަރިންގެ ދާއިރާއިން ވިޔަސް، ރޭނުމުގެ ދާއިރާއިން ވިޔަސް، ސަޤާފީ މަސައްކަތުގެ ދާއިރާއިން ވިޔަސް، މަސައްކަތް އުނގެނުމަށް ނުވަތަ މަސައްކަތް ކުރުމަށް މަސައްކަތްކުރާ ކޮންމެ ދުވަހަކީ ޖަލުގައި މަސައްކަތްކުރާ ކޮންމެ ދުވަހަކީ އޭނާގެ ޖަލުގެ ހުކުމުން އެއްދުވަސް ކެނޑިގެންދާނެ ދުވަހެއް - ވަޒީރު އިޙްސާން ވިދާޅުވިއެވެ


ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ޤާނޫނު ތަކާއި ޤަވާއިދު ތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން އެ މަސައްކަތް ހަރުދަނާ ގޮތެއްގައި ގެންދެވޭ އުސޫލުތަކެއް ކަރެކްޝަނަލް ސާވިސަސް އިން ވަރަށް އަވަހަށް ކަނޑައަޅުއްވައި، އެކަން ހުރިހާ ގައިދީންނަށްވެސް އަންގަވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco