ޚަބަރު
ފާއިތުވި 48 ގަޑިއިރުތެރޭ ފުލުހުން 571 ތަނެއް ބަލާ ފާސްކޮށްފައިވޭ
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނ'ީ. ފޮޓޯ: ޕޮލިސް
މާލެ އާއި ހުޅުމާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގައި ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން ފާއިތުވި 48 ގަޑިއިރު ތެރޭ ފުލުހުން 571 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ޢަދަދުތަކުން ދައްކާ ގޮތުގައި މިމަސައްކަތުގެ ތެރެއިން 571 ތަނެއް ބަލާ ފާސްކޮށް 117 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވެއެވެ.
މީގެއިތުރުން 24 އުޅަނދެއް ބަލައިފާސްކޮށް 5 އުޅަނދެއް ޓޯ ކޮށްފައިވެއެވެ. ހަމަމިއާއެކު ފައިމަގުގައި 668 ޕެޓްރޯލިންގ ހިންގައިފައިވެއެވެ.
މާލެ އާއި ހުޅުމާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގައި ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން ފާއިތުވި 48 ގަޑިއިރު ކޮށްފައިވާ މަސައްކަތުގެ ތަފާސް ހިސާބު pic.twitter.com/AAjDKdBBIH
— Maldives Police (@PoliceMv) November 21, 2025
ގޭންގްކުށްތައް ހުއްޓުވުމަށް ސަރުކާރުން ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގޭންގު ކުށް ހުއްޓުވުމަށް ޤާނޫނެއް ހަދައި ފާސްކުރެވި ތަސްދީޤްކުރެވިފައިވެއެވެ. ޤާނޫނުގެ ދަށުން މިފަދަ ބޮޑެތި ހުއްޓުވުމަށް ފުލުހުންނަށް ބޮޑެތި ބާރުތަކެއް ވަނީ ދީފައެވެ.