Ads by Stelco

ޚަބަރު

ރައްޔިތުންނަށް ދިމާވާ ކަންކަމުގައި ފުރަތަމަ ޓަކި ޖަހަން ޖެހޭ ދޮރަކީ އެރަށެއްގެ ކައުންސިލް އިދާރާ: ވަޒީރު އާދަމް ޝަރީފް

ރައްޔިތުންނަށް ދިމާވާ ކަންކަމުގައި ފުރަތަމަ ޓަކި ޖަހަން ޖެހޭ ދޮރަކީ އެރަށެއްގެ ކައުންސިލް އިދާރާ: ވަޒީރު އާދަމް ޝަރީފް

ވަޒީރު އާދަމް ޝަރީފް އުމަރު/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 ނޮވެމްބަރު 2025، 01:21

22 ނޮވެމްބަރު 2025، 01:21

ރަށްރަށުގައި ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް އެންމެ ފުރަތަމަ ޓަކި ޖަހަން ޖެހޭ ދޮރަކީ އެ ރަށެއްގެ ކައުންސިލުގެ އިދާރާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން ބަލައިގެންފައިވާ އަދި ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ނިޒާމެއް ކަމަށެވެ. ހަމަ އެހެންމެ، ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންގެ ބާރުވެރިކަން ފެތުރިގަންނަ ނިޒާމެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެއީ ރައްޔިތުންނާ ގާތުން ޚިދުމަތްކުރާ ޔުނިޓަރީ ދައުލަތެއްގެ ފަށަލައެއްކަން ޤަބޫލުކުރަން ޖެހޭކަމަށް ވަޒީރު އާދަމް ޝަރީފް ޢުމަރު ވަނީ ވިދާޅުވެފައެވެ.

ރަށެއްގައި ހިނގާ ކޮންމެ ކަމެއް، އެއީ ދައުލަތުގެ މަޝްރޫޢެއް ކަމަށް ވިޔަސް އެ ކަމަކީ އެއީ ރަށުގެ ރައްޔިތުންނަށް ދިމާވާ އާންމު ޙާލަތެއް ކަމުގައި ވިޔަސް އެއިން ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެ ރަށެއްގައި ޓަކި ޖަހަން ޖެހޭ ދޮރަކީ އެ ރަށެއްގެ ކައުންސިލުތަކުގެ އިދާރާ.

ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ކައުންސިލުތަކަށް ރައްޔިތުންކުރާ އިތުބާރު ބޮޑުކުރުމަށްޓަކައި މޮނިޓަރިންގ މެކޭނިޒަމް ހަރުދަނާކުރަން ޖެހޭ ކަމަށާއި، އެކަމަށްޓަކައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ކެޕޭސިޓީއާއި އަދި އެލްޖީއޭގައި މަސައްކަތްކުރުމުގެ މާޙައުލު މިހާރަށް ވުރެ ބޮޑަށް ރަނގަޅުކުރަން ޖެހޭ ކަމަށެވެ. އެގޮތުން، ކައުންސިލުތަކުން ކުރާ ކަންކަން ވަގުތުން ޖަވާބުދަރީކުރުވުމާއި އަދި ކައުންސިލުތަކުން ކުރާ ކަންކަން ފަސޭހައިން ނިންމެވޭނެ ގޮތަކަށް ކަންކަން ތަރުތީބު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކިވަޑައިގަންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަޢްމަދު މުޢިއްޒު ރާއްޖޭގެ ހުރިހައި ރަށަކަށް ކުރެއްވި ދަތުރުފުޅުގައި ކައުންސިލްތަކާއި، ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުންތަކުގައި އެ ފަރާތްތަކުން ބޭނުންވާ ގޮތަށް ކަންކަން ބަދަލުކުރުމަށް ކުރައްވާ މަސައްކަތަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ ނަމޫނާއެއްކަން ފާހަގަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން