Ads by Stelco

ޚަބަރު

ސްޓެލްކޯގެ ޚިދުމަތްދޭ ހުރިހާ ރަށެއްގައި މިއަދު ގަސް އިންދުމުގެ ޙަރަކާތްތައް ކުރިއަށްގެންދަނީ

ސްޓެލްކޯގެ ޚިދުމަތްދޭ ހުރިހާ ރަށެއްގައި މިއަދު ގަސް އިންދުމުގެ ޙަރަކާތްތައް ކުރިއަށްގެންދަނީ

ގަސް އިންދުމުގެ ޙަރަކާތް/ފޮޓޯ: ސްޓެލްކޯ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 ނޮވެމްބަރު 2025، 02:38

22 ނޮވެމްބަރު 2025، 02:38

ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ސްޓޭޓް އިލެކްޓްރިކް ކޮމްޕްނީ، ސްޓެލްކޯގެ ޚިދުމަތްދޭ ހުރިހާ ރަށެއްގައި މިއަދު ގަސް އިންދުމުގެ ޙަރަކާތްތައް ކުރިއަށްގެންދާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތިމާވެށި ރައްކާތެރިކޮށް، ދިވެހިރާއްޖޭގެ ކާބަން ފުޓްޕްރިންޓް އޮފްސެޓް ކުރުމަށް 5 އަހަރުތެރޭގައި 5 މިލިއަން ގަސް އިންދުމަށް ސަރުކާރުން ފަށާފައިވާ ޤައުމީ މަޝްރޫޢުގައި ބައިވެރިވެ، އެކުންފުނިން ވެފައިވާ ވަޢުދާ އެއްގޮތަށް 5 އަހަރުގެ ތެރޭގައި 5 ލައްކަ ގަސް އިންދުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ސްޓެލްކޯގެ ޚިދުމަތްދޭ ހުރިހާ ރަށެއްގައި މިއަދު ގަސް އިންދުމުގެ ޙަރަކާތްތައް ހިންގަމުންދާ ކަމަށެވެ.

ފަސް ލައްކަ ގަސް އިންދުމުގެ އަމާޒުގެ ދަށުން، މިދިޔަ އަހަރުގެ ޖޫން މަހުގެ 5 އިން ފެށިގެން މި އަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހާ ހަމައަށް ސްޓެލްކޯއިން ވަނީ 74،282 ގަސް އިންދާފައެވެ. ސްޓެލްކޯއިން ވިދާޅުވީ، މި 74،282 ގަސް އިންދާފައިވަނީ ސްޓެލްކޯއިން ޚިދުމަތްދެމުން އަންނަ ރަށްރަށުގައި ކަމަށެވެ. ހަމަ އެހެންމެ، ސްޓެލްކޯގެ ލަނޑުދަނޑި ކަމުގައި ވާ ފަސް ލައްކަ ގަސް އިންދުމަށްޓަކައި އިތުރު 425،718 ގަސް އިންދަން ޖެހޭކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

މި ދައުރުގެ ތެރޭގައި ފަސް މިލިޔަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގަތީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު ކޮޕް-28 ސަމިޓުގައި ދެއްވި ތަޤުރީރުގައެވެ. މި ވަޢުދުގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުގައި ގަސް އިންދުމުގެ ޙަރަކާތްތައް އަންނަނީ ބާއްވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން