Ads by Stelco

ޚަބަރު

މަޢުލޫމާތު ނުދީގެން، ގާފަރު ސްކޫލުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދިއްޖެ

މަޢުލޫމާތު ނުދީގެން، ގާފަރު ސްކޫލުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދިއްޖެ

ގާފަރު ސްކޫލުގެ ދަރިވަރުންތަކެއް. ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް

farudhun logo

ފަރުދުން

22 ނޮވެމްބަރު 2025، 03:15

22 ނޮވެމްބަރު 2025، 03:15

ޤާނޫނުގެ ދަށުން ވެސް މާޢުލޫމާތު ނުދިނުމުން، ކ. ގާފަރު ސްކޫލުގެ މައްޗަށް ޖިނާއީ ދަޢުވާ ކޮށްދިނުމަށް އެދި ޕރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ،

ޕީ.ޖީ. އޮފީހުގެ މީޑިއާ އޮފިޝަލް މިދިޔަ ބުދަ ދުވަހު ވިދާޅުވީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، މަޢުލޫމާތު ފޯރުކޮށްދިނުމަށް އެދުނު މުއްދަތުގައި އެ ކަން ނުކުރުމާއި، އެ ނިންމުން އިސްތިއުނާފު ނުކޮށް އޮތުމުގެ ސަބަބުން، ގާފަރު ސްކޫލުގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް، މިދިޔަ މަހުގެ 30ވަނަ ދުވަހު ޕީ.ޖީ. އޮފީހަށް ފޮނުވި އެ މައްސަލައިގައި އަދި ވަކި ގޮތެއް ނުނިންމައެވެ.

އެނގިފައިވާ ގޮތުގައި، ގާފަރުގެ ޢާންމު މީހަކު އެ ރަށު ސްކޫލަށް ހުށަހެޅީ، ސިޙުރާ ގުޅޭ ބައެއް މަޢުލޫމާތު ހޯދުމަށެވެ. އެ ކަމާ ގުޅޭ ބައެއް މަޢުލޫމާތު އެ މީހާއާ ޙިއްޞާކޮށްފައިވެއެވެ. ނަމަވެސް، ދަޢުވާ ކޮށްދޭން އައިކޮމުން ޕީ.ޖީ. އޮފީހުގައި އެދުނީ، ބޭނުންވި ހުރިހައި މަޢުލޫމާތެއް ފޯރުކޮށް ނުދިނުމުގެ ސަބަބުންނެވެ.

މަޢުލޫމާތު ނުދީގެން ރައީސް އޮފީހާ ދެކޮޅަށް ދަޢުވާކުރުމަށް ވެސް އައިކޮމްއިން ވަނީ މިދިޔަ އަހަރު ހުށަހަޅާފައެވެ. އެއީ، ވެކްސިން ޖެހުމާ ގުޅޭ ބައެއް މަޢުލޫމާތު ހޯދުމަށް، ކުރީގެ ސަރުކާރުގައި 2022ވަނަ އަހަރު މީހަކު އެދުމުން އެ މަޢުލޫމާތު ނުދިން މައްސަލައަކާ ގުޅިގެންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން