ދުނިޔެ

ޣައްޒާގެ އިރުމައްޗަށް އިޒްރާއިލްގެ ވަރުގަދަ ހަމަލާތަކެއް

ޣައްޒާގެ އިރުމައްޗަށް އިޒްރާއިލްގެ ވަރުގަދަ ހަމަލާތަކެއް

އިޒްރާއިލުން ޣައްޒާއަށް ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ނޮވެމްބަރު 2025، 03:46

22 ނޮވެމްބަރު 2025، 03:46

އިޒްރޭލުގެ އިސްތިޢުމާރީ ސިފައިން، މިއަދުގެ ފަތިހާއި ހެނދުނު، ޣައްޒާގެ 'ޔެލޯ ލައިން' (އަލްޚަތުލް އަޞްފަރު) ގެ ފަހަތުގައިވާ އެތައް ސަރަޙައްދަކަށް އަމާޒުކޮށް، ވައިގެ ޙަމަލާތަކާއި، ބޮމުގެ ހަމަލާތަކާއި، ބަޑީގެ ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.

 މި ޙަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން ރިޕޯޓުތަކުން ވަނީ ހާމަވެފައެވެ. 

ޣައްޒާގެ އެންމެ ދެކުނުގައިވާ ރަފަޙް ސިޓީގައި، އިޒްރޭލުގެ މަތިންދާބޯޓުތަކުން އެސިޓީގެ އުތުރާއި އިރުމަތީގައިވާ ސަރަޙައްދުތަކަށް ވައިގެ ޙަމަލާތައް ވަނީ ދީފައެވެ. އަދި، އެ ސަރަޙައްދުގެ ހަބަރު ފަތުރާ މަސްދަރުތަކުން ބުނާ ގޮތުގައި، އިޒްރޭލުގެ ޓޭންކުތަކުން ރައްޔިތުންގެ ގެތަކަށް ވަރުގަދަ ބަޑީގެ ޙަމަލާތައް ވަނީ ދީފައެވެ. 

އިޒްރޭލުގެ ސިފައިން ހުކުރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ސިފައިން މިހާރު ހަފްތާތަކެއް ވަންދެން ރަފަޙްގައި ހުރި ޓަނަލްތައް ނައްތާލުމާއި، އެތެރޭގައި ތިބި ހަނގުރާމަވެރިން ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

 މި ބަޔާން ނެރެފައި ވަނީ، ރަފަޙްގެ އިރުމަތީގައިވާ 'ޔެލޯ ލައިން' އިން ނުކުތް 6 މުޤާވިން (މުޤާވަމަތް ކުރާ ފަރާތް) ނައްތާލައި، އަދި 5 މީހުން ހައްޔަރުކުރި ކަމަށް އިޢުލާން ކުރުމަށް ފަހުގައެވެ.

ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސް ސިޓީގައި ވެސް އިޒްރޭލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ސިޓީގެ އިރުމަތީގައިވާ ސަރަޙައްދުތަކަށް ވައިގެ ޙަމަލާތައް ދީފައި ވެއެވެ. އަދި، އިޒްރޭލުގެ ޓޭންކަރުތަކުން އެސިޓީގެ ވަށައިގެންވާ ސަރަޙައްދުތަކަށް ބަޑީގެ ޙަމަލާތައް ދީފައި ވެއެވެ. އެތެރޭގެ މަސްދަރުތަކުން ބުނާ ގޮތުގައި، ސިޓީގެ ދެކުނުގައިވާ ޤީޒާން އައްނައްޖާރު ސަރަޙައްދުން އިޒްރޭލުގެ އުޅަނދުތަކުން ބަޑިޖަހާ އަޑު ވަރަށް ބޮޑަށް އިވިފައި ވެއެވެ.

 މީގެ އިތުރުން، ޣައްޒާގެ މެދުތެރޭގަައިވާ ދެއިރުލް ބަލަޙް ސިޓީގެ އިރުމަތީ ސަރަޙައްދުތަކަށް ވެސް 'ޔެލޯ ލައިން' ގެ ފަހަތުން އިޒްރޭލުގެ ބަޑީގެ ޙަމަލާތައް ވަނީ ދީފައެވެ. މި ސަރަޙައްދުގެ ވައިގެ ސަރަޙައްދުގައި ހަނގުރާމަ މަތިންދާބޯޓުތައް ގިނައިން ދަތުރުކޮށްފައި ވެއެވެ.

ޣައްޒާ ސިޓީގައި ވެސް އިޒްރޭލުގެ މަތިންދާބޯޓުތަކުން ބޮޑެތި ޙަމަލާތަކެއް ދީފައި ވެއެވެ. މީގެ އިތުރުން، އައްތުއްފާޙް އަވަށުގެ އިރުމަތީގައި ބަޑީގެ ޙަމަލާތައް ވަރަށް ބޮޑަށް ދީފައި ވެއެވެ، އަދި 'ޔެލޯ ލައިން' ގެ ފަހަތުގައި ހުރި ޓޭންކުތަކުން ބަޑި ޖަހާފައި ވެއެވެ. އިޒްރޭލުގެ ސިފައިން ވަނީ އައްޝަޖާޢިއްޔާ އަވަށުގެ އިރުމަތީގައި ވެސް ހަމަލާތައް ދީފައެވެ.

ހުކުރު ދުވަހު، އިޒްރޭލުގެ އުޅަނދުތަކާއި ޓޭންކުތައް 300 މީޓަރަށް އައްތުއްފާޙް އަދި އައްޝަޖާޢިއްޔާގެ ތެރެއަށް ވަދެ، ސިމެންތި ކިއުބްތައް ބޭނުންކޮށްގެން 'ޔެލޯ ޒޯން' އިތުރަށް ބޮޑުކުރުމަށް ފަހު، ފަލަސްޠީނުގެ އެތައް އާއިލާތަކެއް ވަނީ އެ ސަރަޙައްދުތަކުން ހިޖުރަކޮށްފައެވެ. އިޒްރޭލުގެ ޗެނަލް 12 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ ސިފައިން ވަނީ ފާއިތުވި ދުވަސްތަކުގައި ޣައްޒާގެ އުތުރުގައި ހިންގި އޮޕަރޭޝަންތަކުގައި ބޮޑެތި އަދަދެއްގެ ގޮވާ ތަކެތި ބޭނުންކޮށްފައެވެ.

ފާއިތުވި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމުގެ މުޢާހަދާއަށް ޢަމަލުކުރަން ފެށިފަހުން، އިޒްރޭލުގެ ސިފައިން ދަނީ 'ޔެލޯ ލައިން' ގެ ފަހަތުގައި ހުރި އިމާރާތްތައް ނައްތާލުމާއި ހަލާކުކުރުމުގެ އަމަލުތައް ކުރިއަށް ގެންދަމުންނެވެ. އެ ސަރަޙައްދުތަކުން އެނބުރި އައިސްފައިވާ އާއިލާތައް ދިރިއުޅެމުންދަނީ ބަޑީގެ ޙަމަލާތަކާއި އިޒްރޭލުގެ އަސްކަރީ އުޅަނދުތަކުގެ ޙަރަކާތްތަކުގެ ސަބަބުން ބިރުވެރިކަމާއި ނުތަނަވަސްކަމުގެ ތެރޭގައެވެ. 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން