ކުޅިވަރު
ޑޭވިސް ކަޕް: ޕްލޭއޮފް މެޗުން ބަލިވުމުން ޕްރޮމޯޓުވުމަށް ރާއްޖެއިން ކުރި އުއްމީދަށް ހުރަސް އެޅިއްޖެ
ރާއްޖޭގެ ފިރިހެން ޓެނިސް ޓީމް ބަޙްރެއިންއަށް ފުރުމުގެ ކުރިން / ފޮޓޯ: ޓެނިސް އެސޯސިއޭޝަން
ފަރުދުން
23 ނޮވެމްބަރު 2025، 09:28
23 ނޮވެމްބަރު 2025، 09:28
ބަޙްރެއިންގައި މިހާރު ކުރިޔަށްދާ ޑޭވިސް ކަޕް ނުވަތަ ފިރިހެނުންގެ ޓެނިސް ވޯލްޑް ކަޕްގެ ގްރޫޕް ހަތަރަކަށް ޕްރޮމޯޓުވުމަށް ދިވެހިރާއްޖޭގެ ޓެނިސް ޓީމުން ކުރި އުއްމީދަށް ހުރަސް އެޅިއްޖެއެވެ.
ގްރޫޕް ފަހެއްގެ ސަރަޙައްދީ ކެޓަގަރީއިން ދިވެހިރާއްޖޭގެ ޓެނިސް ޓީމު ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، ގްރޫޕް ހަތަރަކަށް ޕްރޮމޯޓު ވުމުގެ ގޮތުން ކުޅުނު ޕްލޭއޮފް މެޗަށް ނިކުތީ ނޮދާރން މެރިއާނާ އައިލެންޑްސްއާ ދެކޮޅަށެވެ. ނަމަވެސް އެ މެޗު ރާއްޖެއަށް ގެއްލުނީ 3-0އިންނެވެ.
ޕްލޭއޮފް މެޗުން ބަލިވި ނަމަވެސް، މިއީ ރާއްޖޭގެ ޓީމުން ޑޭވިސް ކަޕްގައި މިހާތަނަށް ނެރުނު އެންމެ ރަނގަޅު ނަތީޖާއެވެ. ދިވެހި ޓީމުން ވަނީ ގްރޫޕް ފަހެއްގައި އެކުވެރި ޢަރަބި އިމާރާތް، މަކާއު އަދި ތަޖިކިސްތާން ބަލިކޮށްފައެވެ. މި ހުރިހާ ޓީމެއް ވެސް ބަލިކުރީ 2-1އިންނެވެ.
މި މުބާރާތުގައި ރާއްޖޭން ވާދަކުރާ ޓީމުގައި ހިމެނެނީ، އަބުދުالله ފާއިހް ފަޒީލް (ފާއީ)، ދާއޫދު ޝަހީބު، މުޙައްމަދު ކައިސާން އިއްޒަތު ރަޝީދު، އަޙުމަދު ސާއި ވަޙީދު އަދި އާދަމް އާލް ނިޔާޒްއެވެ. މީގެ ތެރެއިން އާލްގެ އުމުރަކީ އަދި 14 އަހަރެވެ.
މުޅި މުބާރާތަށް ބަލާއިރު 14 ޤައުމު ހިމެނޭ އޭޝިއާ/އޯޝޭނިއާ ގްރޫޕް ފަހަކުން ރާއްޖެއަށް ލިބުނީ ދެވަނައެވެ. ރާއްޖެއާ އެއްވަރަށް ޕޮއިންޓު ލިބުމުން، ގުއާމްއަށް ވެސް ލިބުނީ ގްރޫޕުން ދެވަނައެވެ.
މި މުބާރާތުގައި ރާއްޖޭގެ ކޯޗަކީ އަލީރިޒާ އެޓްމިނަން ބަސެރީއެވެ.