ޚަބަރު
އުކުޅަހު ފުލުހުންގެ މަރުކަޒުގެ އަދާހަމަ: ޖަލު ގޮޅި ހެދުމުގެ މަސައްކަތް ކުރިއަށް
މަސައްކަތުގެ އަދާހަމަ: އެމްޓީސީސީ
އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި ބިނާކުރަމުންދާ ފުލުހުންގެ މަރުކަޒުގެ އަދާހަމަ، އެ މަޝްރޫޢުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީ އިން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އިން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ޖަލު ހެދުމަށް ބޭނުންވާ ބިން ލެވެލްކޮށް ބިމުގައި ފޫޓު އެޅުމާއި ޖަލު ގޮޅިތައް ހެދުމުގެ މަސައްކަތްތައް ކަމަށެވެ.
މި ދެއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިހާރު 63 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށް މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ 36 ރަށް މިވަގުތު އެބައޮތެވެ. އެހެންކަމުން ޖުމްލަ 99 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތެއް އެޅުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރެވެމުންނެވެ.
Project Update: Development of Police Station in Aa. Ukulhas
— MTCC Plc (@MTCCPlc) November 23, 2025
Cell block excavation, compaction works and footings, tie beam shuttering reinforcements preparation works are in progress.
Follow more updates at: https://t.co/SfVAzkW2pp #MTCCProjects #TeamMTCC… pic.twitter.com/HJSQSiqtXi
މީގެ އިތުރުން، މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އިތުރު 39 ރަށެއްގައި ފުލުހުންގެ އަމިއްލަ އިމާރާތް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާން ކުރައްވާފައެވެ. މިއާއެކު ޖުމްލަ 138 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތް އެޅުމުގެ މަޝްރޫޢުތައް ދަނީ ހިނގަމުންނެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަކީ މުޖުތަމަޢުގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށް މުހިންމު ފިޔަވަޅެކެވެ. ވީމާ، ސަރުކާރުން މިކަމަށް ޚާއްޞަ އިސްކަމެއް ދެއްވައެވެ.