Ads by Stelco

ޚަބަރު

މެޑަމް ސާޖިދާ ހުރަވީ ދުވަހުގެ ތަހުނިޔާ ފޮނުއްވަވައިފި

މެޑަމް ސާޖިދާ ހުރަވީ ދުވަހުގެ ތަހުނިޔާ ފޮނުއްވަވައިފި

ހުރަވީ ދުވަސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ނޮވެމްބަރު 2025، 02:14

23 ނޮވެމްބަރު 2025، 02:14

ދިވެހިރާއްޖޭގެ ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ދިވެހިރާއްޖޭގެ ހުރަވީ ދުވަހުގެ ތަހުނިޔާ ފޮނުއްވަވައިފިއެވެ. 

 މެޑަމް ސާޖިދާގެ މި މެސެޖުގައި ވަނީ ދޮންބަންޑާރައިންގެ ޤައުމީ ޖިހާދުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ހުރަވީ ދުވަހުގެ މުނާސަބަތުގައި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވަމުން، މެޑަމް ސާޖިދާ ވަނީ ދޮންބަންޑާރައިންގެ އަގުހުރި ޤައުމީ ޖިހާދަށް ޚާއްސަ އިޝާރާތެއް ކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ "ދޮންބަންޑާރައިންގެ އަގުހުރި ޤައުމީ ޖިހާދަށް ފަޚުރުވެރިވެ، ޝުކުރާއި ސާބަސް ތަކުރާރު ކުރަމުން، ދިވެހި ލޮބުވެތި ރައްޔިތުންނަށް ހުރަވީ ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދު އަރިސްކުރަން،" މިހެެނެވެ.

 މި ޖިހާދަކީ ދިވެހި ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުރެއްވި މަތިވެރި މަސައްކަތެއްކަމަށްވެސް އެކަމަނާވިދާޅުވިއެވެ. 

މީގެ އިތުރުން، މެޑަމް ސާޖިދާ ވަނީ ދިވެހި ޤައުމަށްޓަކައި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައެވެ. އެކަމަނާ ދުޢާގައި ވިދާޅުވެފައިވަނީ ދިވެހީންނަކީ އަބަދުވެސް، ޤައުމު އިސްކުރާ، މިނިވަންކަމާއި އަމިއްލަވަންތަކަން ޙިމާޔަތްކުރާ، ރަށްވެހި، އުފާފާގަތި ބަޔެެއްގެ ގޮތުގައި ލެހެއްޓެވުމަށެވެ. 

ހުރަވީ ދުވަހަކީ، 1750ގެ އަހަރުތަކުގައި ރާއްޖެ ހިފައިގެން ތިބި ހޮޅީންގެ ބާރުތަކުން ސުލްޠާން ޙަސަން ޢިއްޒުއްދީން ރާއްޖެ މިނިވަންކުރެއްވުމުގެ ހަނދާން އާކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރަނީ އިސްލާމީ މަހުގެ ޖުމާދަލްއާޚިރާ މަހުގެ ތިންވަނަ ދުވަހުގައެވެ. އަދި މި ދުވަހަކީ ޤައުމުގެ މިނިވަންކަމަށްޓަކައި ހަނގުރާމަކުރެއްވި ބަޠަލުންނަށް ޝަރަފު އަރުވާ ދުވަހެކެވެ. 

މި ދުވަހަކީ ދެކުނު އިންޑިއާގެ 'މަލަބާރީން'ގެ ނަމުން ނަންދެވިފައިވާ ބަޔަކު، ރާއްޖެ ހިފާފައިވާ ހިފުން ނިމުމަކަށް ގެނެސް ރާއްޖެ މިނިވަންކުރި ދުވަހެވެ. މި ދުވަހަކީ ނަޞްރަށް މަގުދެއްކެވި ސުލްޠާން ޙަސަން ޢިއްޒުއްދީނަށް ޝަރަފު އަދާކުރާ ދުވަހެކެވެ. 'ހުރަވީ' މި ނަން ނިސްބަތްވަނީ ސުލްޠާން އުފަންވެވަޑައިގަތީ ހުރަވީގައި ކަމަށްވާތީއެވެ. މިދުވަސް ފާހަގަކުރަނީ އިސްލާމީ މަހުގެ ޖުމާދަލްއާޚިރާ މަހުގެ ތިންވަނަ ދުވަހުގައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން