Ads by Stelco

ޚަބަރު

އަލިފާން ނިއްވުމާގުޅޭ ތަމްރީނު "ޖައްރާފާ" އެމްއެންޑީއެފުން ފަށައިފި

އަލިފާން ނިއްވުމާގުޅޭ ތަމްރީނު "ޖައްރާފާ" އެމްއެންޑީއެފުން ފަށައިފި

ތަމްރީނުގެ ތެރެއިން--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 ނޮވެމްބަރު 2025، 02:34

23 ނޮވެމްބަރު 2025، 02:34

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ކުރިއަށްގެންދާ އަލިފާން ނިއްވުމާގުޅޭ ތަމްރީނު "ޖައްރާފާ" މިއަދު ފަށައިފި އެވެ.

މި ތަމްރީނު ފެށުމަށް ކަޅުތުއްކަލާކޮށީގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

އެމްއެންޑީއެފުން މަޢުލޫމާތުދޭ ގޮތުގައި، މި ތަމްރީނަކީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ޢަމަލުކުރަމުންދާ ފަޔަރ އިމަޖެންސީ އޮޕަރޭޝަނަލް ޕްލޭނަށް އަހުލުވެރިވުމުގެ ގޮތުން ބާއްވާ ތަމްރީނެކެވެ. އެގޮތުން، 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެމްއެންޑީއެފުން ކުރިއަށްގެންދާ މި އެކްސަސައިޒުގައި، ފަޔަރ ފައިޓަރުންނަށް ލިބިފައިވާ ޢިލްމާއި ހުނަރާއި ވަޞީލަތްތައް ދައްކާލައެވެ.

ހަމަ އެއާއެކު، މި ޢިލްމާއި ހުނަރާއި އަދި ވަޞީލަތްތައް ޢަމަލީ  މައިދާނުގައި އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކާއި، ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ، ކަންކަން ޙައްލުކުރާނެ ގޮތްތައް މި ތަމްރީނުގެ ތެރެއިން ފަރިތަކުރާނެއެވެ. ހަމަ އެހެންމެ، ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށް ވުރެ އަވަސްކުރެވޭނެ ގޮތްތައް ދިރާސާކޮށް ދެނެގަންނަން މަސައްކަތްކުރާނެކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ތަމްރީނުތައް މިމަހުގެ 23 އިން 24 އަށް މާލެއާއި، ހުޅުމާލޭގެ އިތުރުން، ވިލިމާލެއާއި، ތިލަފުށީގައި އަދި މާލެކައިރީގެ ކަނޑުގެ ސަރަޙައްދުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން