ޚަބަރު
ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ފުލުހުން 576 ސަރަޙައްދެއް ބަލައިފާސްކޮށްފި
މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ--
މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 576 ސަރަޙައްދެއް ބަލައިފާސްކޮށްފި އެވެ.
ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 576 ސަރަޙައްދެއް ބަލައިފާސްކޮށް، 108 އިންޓަރެކްޝަން ހަދާފައިވެއެވެ. ހަމަ އެހެންމެ، ޖުމްލަ 30 އުޅަނދެއް ޗެކޮށްކޮފައިވާއިރު 6 އުޅަނދެއް ޓޯވކޮށްފައިވާކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ.
މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 576 ސަރަހައްދެއް ބަލައިފާސްކޮށް، 108 އިންޓަރެކްޝަން ހަދާފައިވެއެވެ. pic.twitter.com/QhFqgCl6vy
— Maldives Police (@PoliceMv) November 23, 2025
މީގެ އިތުރުން، މާލޭގެ އެކި ސަރަޙައްދުތަކުގައި ފުޓްޕެޓްރޯލްކޮށް ބަލަހައްޓާފައިވެވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން، ފުލުހުން ވަނީ ޖުމްލަ 912 މިނިޓް ފުޓްޕެޓްރޯލް ކޮށްފައެވެ.
ގޭންގު ކުށްތައް ހުއްޓުވުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާއިރު، ގޭންގު ކުށް ހުއްޓުވުމަށް ޤާނޫނެއް ހަދައި ފާސްކުރެވި މިހާރު ވަނީ ތަސްދީޤްކުރެވިފައިވެއެވެ.