ޚަބަރު
އެމްޑީޕީގެ ޗެއާރޕާސަންގެ މަޤާމުން ފައްޔާޒު އިސްތިއުފާ ދެއްވައިފި
އެމްޑީޕީގެ ޗެއާރޕާސަންގެ މަޤާމުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއީލް / ފޮޓޯ: މިހާރު
ފަރުދުން
23 ނޮވެމްބަރު 2025، 11:45
23 ނޮވެމްބަރު 2025، 11:45
ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާރޕާސަންގެ މަޤާމުން ފައްޔާޒު އިސްމާއިލް މިރޭ އިސްތިއުފާ ދެއްވައިފިއެވެ.
ފައްޔާޒު އެކަން އިޢުލާންކުރެއްވީ، މިރޭ އެ ޕާޓީއިން ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުން ނިންމަވާލައްވަމުންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފައްޔާޒު އެ މަޤާމުން އިސްތިއުފާ ދެއްވީ، 2028ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވުމާއެކު، އެ މަޤާމަށް ވާދަކުރުމަށް އެމްޑީޕީއިން ބޭނުންވާ އެންމެންނަށް ހަމަހަމަ ފުރުސަތެއް ހޯއްދަވައި ދެއްވުމުގެ ގޮތުންނެވެ.
އެމްޑީޕީގެ ޗެއާރޕާސަންގެ މަޤާމަށް ފައްޔާޒު އިންތިހާބުކުރީ 2022 ވަނަ އަހަރުގެ މެއި މަހުއެވެ. އެއީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި އެންމެ ވާދަވެރިކަން ބޮޑުވެގެން ދިޔަ އިންތިހާބު ވެސް މެއެވެ. އެ އިންތިހާބުގައި 50،000 އެއްހާ މީހުން ބައިވެރިވިއިރު، ފައްޔާޒުއަށް 27،000އަށް ވުރެ ގިނަ ވޯޓު ލިބުނެވެ. އެ އިންތިހާބުގައި ފައްޔާޒުއާ ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އޭރުގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)އެވެ.
ފައްޔާޒު ހުންނެވީ މިދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުގެ މަޤާމުގައެވެ.