Ads by Stelco

ޚަބަރު

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ މުޅިން ޚިލާފަށް، އިސްރާއީލުން ޣައްޒާ އަށް ދޭ ޙަމަލާތައް ސަރުކާރުން ކުށްވެރިކޮށްފި

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ މުޅިން ޚިލާފަށް، އިސްރާއީލުން ޣައްޒާ އަށް ދޭ ޙަމަލާތައް ސަރުކާރުން ކުށްވެރިކޮށްފި

ޚާރިޖީ ވުޒާރާ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

24 ނޮވެމްބަރު 2025، 04:15

24 ނޮވެމްބަރު 2025، 04:15

 ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ މުޅިން ޚިލާފަށް އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ސަރުކާރުން ވަނީ، ދިވެހިރާއްޖެ އިން ފަލަސްޠީނުގެ ރައްޔިތުންނާ އެކު އަބަދުވެސް ވާކަން ތަކުރާރުކޮށް، އިސްރާއީލުން ކެނޑިނޭޅި ޣައްޒާގެ ކުށެއްނެތް އާއްމު ރައްޔިތުންނަށް ކުރިމަތިކުރުވާ ދަތިތައް ކުށްވެރިކޮށްފައެވެ. 

ހަމަ އެއާއެކު، ފަލަސްޠީނުގެ ރައްޔިތުން ތަޙައްމަލުކުރަމުންދާ ވޭންދެނިވި އަނިޔާ ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން އިސްރާއީލަށް މަޖުބޫރު ކުރުމަށާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިސްރާއީލުން އަމަލުކުރުމަށް ބާރުއެޅުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލައްވާފައެވެ. އަދި އިސްރާއީލުން ކެނޑިޅޭނި ދެމުންގެންދާ ހަމަލާތަކަކީ ފަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމަށް ކުރިއަށް ގެންދާ އަނިޔާވެރި ޢަމަލުތެއް ކަމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް އިސްރާއީލުގެ ޢަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ވެސް ދިވެހިރާއްޖެއިން ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން، މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކިވަޑައިގަންނަވާކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ފަލަސްޠީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރައްވާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން