ވިޔަފާރި / ޚަބަރު

ސްކޫލް ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ޓްރިވެންޑްރަމާއި ކޮޗިންއަށް ކުރާ ދަތުރުތައް އިތުރުކުރަނީ

ސްކޫލް ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ޓްރިވެންޑްރަމާއި ކޮޗިންއަށް ކުރާ ދަތުރުތައް އިތުރުކުރަނީ

މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއަރކްރާފްޓް / ފޮޓޯ: މޯލްޑިވިއަން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

24 ނޮވެމްބަރު 2025، 07:50

24 ނޮވެމްބަރު 2025، 07:50

ސްކޫލް ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަން އެއާރލައިންސްއިން އިންޑިއާގެ ޓްރިވެންޑްރަމާއި ކޮޗިންއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމާފައިވާކަމަށް އެ އެއާރލައިނުން ހާމަކޮށްފިއެވެ.

މޯލްޑިވިއަންގެ ފަރާތުން މިއަދު ހާމަކޮށްފައިވާ ގޮތުގައި، މި ދެ މަންޒިލަށް މީގެ ކުރިން ހަފްތާއަކު 4 ފްލައިޓު އޮޕަރޭޓުކުރި ނަމަވެސް، ޑިސެންބަރު 19ވަނަ ދުވަހުން ފެށިގެން ހަފްތާއަކު ފަސް ދުވަހު ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން އެ އެއާރލައިނުގެ ޝެޑިއުލަށް އަންނަ މަހުގެ 19އިން ފެށިގެން އިތުރުކުރަނީ ހުކުރު ދުވަހެވެ. އެހެންކަމުން އާދީއްތަ ދުވަހާއި އަންގާރަ ދުވަސް ފިޔަވާ ހަފްތާގެ އެހެން ހުރިހާ ދުވަހަކު މި ދެ މަންޒިލަށް މޯލްޑިވިއަން ދަތުރުކުރާނެއެވެ.

މޯލްޑިވިއަނުން ވަނީ، މި ދަތުރުތަކަށް ޓިކެޓް ބުކް ކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަނުން މިވަގުތު ޝެޑިއުލް ދަތުރުތައް ކުރަނީ، ބައިނަލްއަޤްވާމީ 2 ޤައުމެއްގެ 5 މަންޒިލަކަށެވެ. އެއީ ޗައިނާގެ 3 ސިޓީއަކަށާއި، އިންޑިއާގެ 2 ސިޓީއަކަށެވެ.

މޯލްޑިވިއަނުން ދަނީ، އެ ކުންފުނީގެ ދަތުރުތައް ބައިނަލްއަޤްވާމީ ގިނަ ޤައުމުތަކަކަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން