Ads by Stelco

ޚަބަރު

ވަޒީރު ވިދާޅުވީ ޒަކާތު ފަންޑުން އެހީވެދީފައިވާ ކަމަށާއި، މިހާރު އެކަށޭނަ އާމްދަނީއެއް އޭނާއަށް ލިބޭކަމަށް

ވަޒީރު ވިދާޅުވީ ޒަކާތު ފަންޑުން އެހީވެދީފައިވާ ކަމަށާއި، މިހާރު އެކަށޭނަ އާމްދަނީއެއް އޭނާއަށް ލިބޭކަމަށް

ރައީސް ދެއްވި ފުރުސަތުގައި "އައިޝާ" ވާހަކަ ދައްކަނީ/ ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

24 ނޮވެމްބަރު 2025، 09:44

24 ނޮވެމްބަރު 2025، 09:44

ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާދީއްތަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި، އާންމުންގެ ޝުޢޫރުތަކާއި އާދޭސްތަކާއި އަދި ޚިޔާލުތައް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ ބޭނުން ހިފައި ވާހަކަ ދެއްކި އަންހެންކަނބަލަކު، އޭނާގެ ދަތިހާލަށް ތަސައްލީއެއް ހޯދުމަށް ޒަކާތު ފަންޑަށް އެދުމުން އެކަމަށް އިޖާބައެއް ދީފައި ނުވާކަމަށް ބުނިބުނުން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑޮކްޓަރ މުޙައްމަދު ޝަހީމް އަލީ ސައީދު ދޮގުކުރައްވައިފިއެވެ. 

އަމިއްލަ ތަޢާރަފެއް ދެމުން އެއީ އައިޝާކަމަށް ބުނެ އޭނާ ހާމަކުރީ، ދިރިއުޅުމުގައި އޭނާއަށް ކުރިމަތިވެފައި އޮތް ބޮޑު ގޮންޖެހުންތަކުގެ ވާހަކައެވެ. އެއީ ގިނަ ކުދިންތަކެއް ތިބިއިރު އެކަނިވެރި މައެއްގެ ގޮތުގައި އެ ކުދިން ބަލައި، އެންމެ ހަގު ކުއްޖާއަށް ބޮޑެތި ފަރުވާތައް ކުރަންޖެހުމެވެ، އަދި އެކަމަށް ފަރުވާ ހޯދުމަށް އިންޑިއާއަށް ދަތުރުކުރަންޖެހޭ ވާހަކައެވެ. އަދި މިކަންކަމަށް ލުޔެއް ހޯދުމަށް ޒަކާތު ފަންޑުން އެހީ ނުލިބުނު ވާހަކައެވެ. 

އެގޮތުން ޒަކާދު ފަންޑުމް އެހީ ހޯދުމަށް ހުށަހެޅުމުން އައިޝާގެ އެކައުންޓުގައި ފައިސާ ދައުރުވަމުން ދިއުމުގެ ސަބަބު ޝަރުތު ހަމަނުވާކަމަށް އަންގާފައިވާކަމަށް ބުންޏެވެ. 

މި މައްސަލައާ ގުޅިގެން ވަޒީރު ދެންނެވީ، އައިޝާ އެހީއަށް އެދުމުން މިދިޔަ ސެޕްޓެންބަރު މަހު 15،500 ރުފިޔާ ދީފައިވާ ކަމަށާއި، އަދި މިހާރު އައިޝާ ވަޒީފާއަށް ދާން ފަށާފައިވުމުން، އެކަނިވެރިމައިންގެ އެލަވަންސާއެކު އޭނާއަށް މަހަކު 22،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް މަހުންމަހަށް ލިބޭ ކަމަށެވެ. 

މީގެއިތުރުން އޭނާގެ އެކައުންޓުގައި 75،000 އަށް ވުރެ ގިނަ ފައިސާ ހުރިކަމަށް ވަޒީރު ވިދާޅުވިއެވެ. 

އެހެންކަމުން އައިޝާގެ ދިރިއުޅުމުގެ ޙާލަތު ހުރީ ޒަކާތު ހައުސްއިން އެހީދޭންޖެހޭ ހިސާބެއްގައި ކޫންކަމަށް ވަޒީރު ހާމަކުރެއްވިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން