Ads by Stelco

ޚަބަރު

މެދުރާއްޖެތެރެއަށް ރީނދޫ ސަމާލު ނެރެފި

މެދުރާއްޖެތެރެއަށް ރީނދޫ ސަމާލު ނެރެފި

ކަނޑުދަތުރުކުރަމުން ދާ ދޯންޏެއް---

farudhun logo

ފަރުދުން

25 ނޮވެމްބަރު 2025، 06:17

25 ނޮވެމްބަރު 2025، 06:17

މޫސުމް ގޯސްވާނެކަމަށް ލަފާކޮށް، މެދުރާއްޖެތެރެއަށް ރީނދޫ ސަމާލު ނެރެފިއެވެ. ރީނދޫ ސަމާލަކީ ދެވަނަ ދަރަޖައިގެ ސަމާލެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާގެ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތަށް ބަލާއިރު، ފަތިހު 5:15އިން ފެށިގެން ހެނދުނު 9:00އާ ހަމައަށް، ބ އަތޮޅުން ފެށިގެން މ އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދެވެ ކަނޑުތައް ގަދަވާނެއެވެ. 

ހުޅަނގު މޫސުމުގެ ބާރުގަދަވުމާ ގުޅިގެން، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފްއިން ވަނީ ހޯމަ ދުވަހު އިލްތިމާސްކޮށްފައެވެ. 

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ތިން ދުވަހަށް މޫސުން ގޯސްވެ، ޚާއްޞަކޮށް ވައިބާރުވެ، ވިއްސާރަވެ، ކަނޑުތައް ގަދަވާނެއެވެ.

އެހެންކަމުން، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިދުވަސްވަރު ނުކުރުމަށް ވަނީ އެދިފައެވެ. އަދި ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދިފައިވެއެވެ.

އަދި އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ރަނގަޅަށް ހުރިތޯ ޗެކްކުރުމަށާއި، މުދާ އުފުލާ އުޅަނދުފަހަރުން އެކަށީގެންވާ ވަރަށްވުރެ އިތުރަށް މުދާ ބަރު ނުކުރެއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. 

މީގެ އިތުރުން ރޭގަނޑު ދަތުރުކުރާނަމަ އިތުރަށް ސަމާލުވުމަށާއި، ޑައިވިންގ އަދި ވޯޓަރ ސްޕޯރޓްސް އިންތިޒާމުކުރައްވާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއްދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރެއްވުމަށް ވެސް ވަނީ ހަނދާންކޮށްދީފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން