ދުނިޔެ

ނިއުޒީލެންޑުގެ އެންމެ އުސް ފަރުބަދައަށް އަރަން އުޅެނިކޮށް، ދެ މީހަކު ވެއްޓި މަރުވެއްޖެ

ނިއުޒީލެންޑުގެ އެންމެ އުސް ފަރުބަދައަށް އަރަން އުޅެނިކޮށް، ދެ މީހަކު ވެއްޓި މަރުވެއްޖެ

ނިއުޒީލެންޑުގެ އެންމެ އުސް ފަރުބަދަ ކަމުގައިވާ މައުންޓް ކްރުކް.

farudhun logo

ފަރުދުން

25 ނޮވެމްބަރު 2025، 03:18

25 ނޮވެމްބަރު 2025، 03:18

ނިއުޒީލެންޑުގެ އެންމެ އުސް ފަރުބަދަ ކަމުގައިވާ އައޮރާކީ، ނުވަތަ މައުންޓް ކްރުކްގެ މަތިން ވެއްޓި، ދެ މީހަކު މަރުވެއްޖެއެވެ.

އިދާރީ މަޞްދަރުތަކުން ހާމަކުރާ ގޮތުގައި، އެ ދެ މީހުންނަކީ، 3،724 މީޓަރު އުސް އެ ފަރުބަދައަށް އަރަން އުޅުނު ހަތަރު މީހުންގެ ތެރެއިން ދެ މީހެކެވެ. އަނެއް ދެ މީހުންނަށް ޒަޚަމްވެފައިނުވާ ކަމަށާއި، މިއަދު ފަތިހު އެ ދެ މީހުން ސަލާމަތްކުރެވިފައިވާ ކަމަށް ވެސް ނިއުޒީލެންޑު ނޫސްތަކުން ބުނެއެވެ. ރޭގައި ސަލާމަތްކޮށްދިނުމަށް އެދި އިމަރޖެންސީ ޚިދުމަތްތަކަށް އެ މީހުން ގުޅިއެވެ.

މިއަދު ފަތިހު ދިރި ތިބި ދެ މީހުން ސަލާމަތްކުރުމަށް ފަހު އެތައް ގަޑިއިރެއް ފަހުން، މަރުވެފައި ތިބި ދެ މީހުންގެ ހަށިގަނޑު ވަނީ ފެނިފައެވެ. އެ ދެ މީހުންގެ ހަށިތައް ފެނިފައިވަނީ، ފަރުބަދައަށް އެރުމަށް ބޭނުންކުރި ވާފަށްތަކާ ގުޅިފައިވަނިކޮށެވެ.

މައުންޓް ކްރުކްގައި ހުންނަ އަޑިގުޑަންތަކާއި، އެ ތަނަށް އަންނަ ލަފާކުރަން ނޭނގޭ މޫސުމީ ބަދަލުތަކުގެ ސަބަބުން، އެ ފަރުބަދައަށް އެރުމަކީ އެންމެ ތަޖުރިބާކާރު މާހިރުންނަށް ވެސް ދަތި އުނދަގޫ ކަމެކެވެ.

މި ޙާދިޘާގައި މަރުވި ދެ މީހުންގެ މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ނިއުޒީލެންޑުގެ "ސްޓަފް" ނަމަކަށް ކިޔާ ނޫހަކުން ބުނީ، މަރުވި ދެ މީހުން ކުރެ އެކަކަކީ، ފަރުބަދައަށް އެރުމުގައި ބައިނަލްއަޤުވާމީ ފެންވަރުގައި މަޝްހޫރު މާހިރެއް ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން