ދުނިޔެ

ހުޅަނގު އައްސޭރީގައި ޔަހޫދީން ހިންގި އޮޕަރޭޝަންތަކެއްގައި ފަލަސްތީނުގެ 14 މީހަކު ހައްޔަރުކޮށްފި

ހުޅަނގު އައްސޭރީގައި ޔަހޫދީން ހިންގި އޮޕަރޭޝަންތަކެއްގައި ފަލަސްތީނުގެ 14 މީހަކު ހައްޔަރުކޮށްފި

ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިން ހަރަކާތްތެރި ވަނީ--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

29 އޮކްޓޯބަރު 2026، 12:25

29 އޮކްޓޯބަރު 2026، 12:25

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކުގައި އިސްރާއީލުގެ ނިރުބަވެރި ސިފައިން ހިންގި ވަރުގަދަ އަސްކަރީ އޮޕަރޭޝަންތަކެއްގައި ފަލަސްޠީނުގެ 14 ރައްޔިތަކު ހައްޔަރުކޮށްފައެވެ.

މި އޮޕަރޭޝަންތައް ޔަހޫދީ ސިފައިން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ނާބުލުސް، ޖެނީން އަދި ބައިތުލަޙަމްގެ އެކި އަވަށްތަކަށެވެ.

ފަލަސްޠީނުގެ ނިއުސް އޭޖެންސީއަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ޔަހޫދީ ސިފައިން ވަނީ ފަތިހުގެ ވަގުތެއްގައި ގިނަ އަދަދެއްގެ އަސްކަރީ އުޅަނދުފަހަރުގައި ނާބުލުސް ސިޓީއަށް ވަދެގަނެފައެވެ. އަދި އެ ސިޓީގެ އެތައް ގެއެއް ބަލައިފާސްކޮށް، މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށްފަހު، ފަލަސްޠީނުގެ 11 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެތެރޭގައި އެއްބަނޑުއެއްބަފާ ތިން މީހުން ވެސް ހިމެނެއެވެ.

މީގެއިތުރުން އިސްރާއީލު ސިފައިން ވަނީ ޖެނީން ސިޓީގެ އެކި އަވަށްތަކަށް ވެސް ވަދެގަނެ ރެއިޑްތަކެއް ހިންގާފައެވެ. އެ ސަރަޙައްދުން ދެ ޒުވާނަކު ހައްޔަރުކޮށްފައިވާއިރު، އެހެން މީހަކަށް އަނިޔާކުރުމަށްފަހު އޭނާ ބަންދުކޮށްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ވަކިން ހިނގި އެހެން ހާދިސާއެއްގައި، ބައިތުލަޙަމްގެ ހުޅަނގުދެކުނުން އޮންނަ ތުޤޫޢު އަވަށަށް އިސްރާއީލު ސިފައިން ވަދެގަނެ ވަނީ 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައެވެ. މި ހުރިހާ އޮޕަރޭޝަންތަކަކާއި ގުޅިގެން މުޅި ހުޅަނގު އައްސޭރީގެ މަސްރަޙު ވަނީ އިތުރަށް ނުތަނަވަސްވެފައެވެ.

ފަހަކަށް އައިސް ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސިޓީތަކާއި އަވަށްތަކަށް އަމާޒުކޮށް އިސްރާއީލު ސިފައިން ރެއިޑްތައް ހިންގައި، ފަލަސްޠީނު މީހުން ހައްޔަރުކުރުމުގެ އަމަލުތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450