ޚަބަރު
ސެޕްޓެމްބަރަށްވުރެ އޮކްޓޯބަރުމަހު ޑެންގީގެ ކޭސްތައް ގިނަ
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް. ފޮޓޯ: ސަން
މިދިޔަ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު އޮކްޓޯބަރު މަހު ޑެންގީ ހުމުގެ ކޭސްތައް އިތުރުވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސްހިސާބުތަކުން ފާހަގަކުރެވިއްޖެއެވެ.
މިދިޔަ މަހު 342 މީހުން ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާއިރު، ސެޕްޓެމްބަރު މަހު ރިޕޯޓުކޮށްފައިވަނީ 260 މީހުންނެވެ.
އެޗްޕީއޭގެ މަހު ތަފާސްހިސާބުތައް ދައްކާ ގޮތުން، އޮކްޓޯބަރު މަހު ރިޕޯޓުކުރި ޑެންގީގެ އަދަދު ސެޕްޓެމްބަރު މަހަށްވުރެ 82 ވޭދަނަ އިތުރެވެ. މިއީ މޫސުމީ ބަލިތައް ފެތުރޭ މިންވަރު ބޮޑުވެފައިވާކަން ދައްކުވައިދޭ އަދަދެކެވެ. ސެޕްޓެމްބަރު މަހު 260 މީހުންނަށް ޑެންގީ ޖެހުނު އިރު، އޮކްޓޯބަރު މަހު 342 މީހުންނަށް ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް، އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި އަދަދު އޮކްޓޯބަރު މަހު ވަނީ ދަށްވެފައެވެ. ސެޕްޓެމްބަރު މަހު 26،604 މީހުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާއިރު، އޮކްޓޯބަރު މަހު މި އަދަދު ވަނީ 25،936 އަށް މަދުވެފައެވެ. މިއީ މާޗް މަހާ އަޅާބަލާއިރު އޭޕްރީލް މަހު އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު ދަށްވުމާ އެއްގޮތަށް އައި ބަދަލެކެވެ.
އަނެއްކޮޅުން، ބޭރަށް ހިންގުން ޖެހިގެން ރިޕޯޓު ކުރެވުނު އަދަދު އޮކްޓޯބަރު މަހު ވަނީ އިތުރުވެފައެވެ. ސެޕްޓެމްބަރު މަހު 3،967 ވޭދަނަ ރިޕޯޓުކޮށްފައިވާއިރު، އޮކްޓޯބަރު މަހު 4،123 ވޭދަނަ ރިޕޯޓުކޮށްފައިވެއެވެ. މިއީ ސެޕްޓެމްބަރު މަހާއި އަޅާބާލާއިރު 156 ވޭދަނައިގެ އިތުރުވުމެކެވެ.
މީގެ އިތުރުން، އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރެވުނު އަދަދު މަދުވެފައިވާއިރު، ފައްސިވި އަދަދުވެސް ވަނީ ދަށްވެފައެވެ. ސެޕްޓެމްބަރު މަހު 74 މީހުން އިންފްލުއެންޒާއަށް ފައްސިވި ނަމަވެސް، އޮކްޓޯބަރު މަހު މި އަދަދު ވަނީ 59 އަށް ދަށްވެފައެވެ. މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާއަށް ފައްސިވި ޖުމްލަ އަދަދު ވަނީ 997 އަށް އަރާފައެވެ.