ޚަބަރު
އޮޕަރޭޝަން އަލިމަގު: 105 ތަނެއް ބަލައި ފާސްކޮށް 110 މީހުން ހައްޔަރަށް!
ފުލުހުން މަގުމަތީގައި--
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި ޤައުމީ އޮޕަރޭޝަން 'އަލިމަގު' ގެ ދަށުން 105 ތަނެއް ބަލައި ފާސްކޮށް، ޖުމްލަ 110 މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
"އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި މި މަހުގެ 13 ވަނަ ދުވަހު ފެށި މި އޮޕަރޭޝަނަކީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފަހުގެ ތާރީޚެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގި އެއް ހަރަކާތެވެ. މި އޮޕަރޭޝަނުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުން 105 ތަނެއް ބަލައިފާސްކޮށް، މަސްތުވާތަކެއްޗާއެކު 110 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި އޮޕަރޭޝަން ރާއްޖޭގެ 39 ރަށެއްގައި ހިންގިއިރު، އޮޕަރޭޝަންގައި ޖުމްލަ 500 ފުލުހުން ވަނީ ބައިވެރިވެފައެވެ.
މި އޮޕަރޭޝަނުގައި 105 ތަނެއް ބަލައި ފާސްކުރެވިފައިވާނެ. މި ފާސްކުރެވުމުގައި ޖުމްލަ 110 ފަރާތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާނެ. މުޅި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި އެއްވަގުތު ކުރިޔަށް ގެންދެވުނު ފޭސްއާ ހަމަޔަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މަސްތުވާތަކެތީގެ ބަރުދަނަކީ 29.68 ކިލޯގްރާމުގެ މަސްތުވާތަކެތި.
ހެޑް އޮފް ޑްރަގް އެންފޯސްމެންޓު، ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 61 މީހުންގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ފައްސިވެފައިވާ ކަމަށެވެ. ހަމަ އެހެންމެ، މީގެ ތެރެއިން 38 މީހަކު ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އޮޕަރޭޝަންގައި ބައެއް އަތޮޅުތަކުން ހައްޔަރުކުރި މީހުން:
- ހދ އަތޮޅުން - 3 މީހުން
- ށ.އަތޮޅުން - 3 މީހުން
- ސ. އަތޮޅުން - އެކަކު
- ފުވައްމުލަކުން - އެކަކު
- ފ.އަތޮޅުން - 2 މީހުން
- ދ. އަތޮޅުން - 2 މީހުން
- ތ އަތޮޅުން - 2 މީހުން
- ލ. އަތޮޅުން - 2 މީހުން
- ރ. އަތޮޅުން - 5 މީހުން
- ބ.އަތޮޅުން - 3 މީހުން
- ޅ.އަތޮޅުން - 4 މީހުން
- އއ. އަތޮޅުން - އެކަކު
- ކ.އަތޮޅުން - 9 މީހުން
އޮޕަރޭޝަން އަލިމަގަކީ، ދިވެހިރާއްޖޭގައި ޙަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމަޢުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.
މަސްތުވާތަކެތީގެ ވަބާއިން ދިވެހިރާއްޖެ ސަލާމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިޢިއްޒުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.