Ads by Stelco

ޚަބަރު

ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މެންޓަލް ހެލްތް ފެސިލިޓީއަކަށް ބަދަލުކުރަނީ

ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މެންޓަލް ހެލްތް ފެސިލިޓީއަކަށް ބަދަލުކުރަނީ

ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މެންޓަލް ހެލްތް ފެސިލިޓީއަކަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: އެޗް.ޑީ.ސީ.

farudhun logo

ފަރުދުން

25 ނޮވެމްބަރު 2025، 04:52

25 ނޮވެމްބަރު 2025، 04:52

ކ. ގުރައިދޫގައި ހިންގަމުންދާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ.)ގެ ފަރާތުން ހޮލިސްޓިކް މެންޓަލް ހެލްތް ފެސިލިޓީއަކަށް ބަދަލުކޮށް، މުޅި މަރުކަޒު ރީބްރޭންޑްކުރުމަށްޓަކައި ޞިއްޙީ ވުޒާރާ އެކު ފަހުމުނާމާއެއްގައި އަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން، އެ ތަނުގެ ޑިޒައިންތައް އެކުލަވާލުމާއި، އެ ކަމަށް ބޭނުންވާ ހުރިހާ މަސައްކަތެއް ހިންގާ ބަލަހައްޓާނީ އެޗް.ޑީ.ސީ.އިންނެވެ.

އެޗް.ޑީ.ސީ.އިން ބުނީ، އެއްބަސްވުމުގައި ސޮއިކުރި ދުވަހުން (މިއަދުން) ފެށިގެން، ހަ މަސް ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

މީގެ އިތުރުން، މި މަޝްރޫޢުގައި ގުރައިދޫގައި މިހާރު ހިންގަމުންދާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މުޅިން ބަދަލުކޮށް، ޒަމާނީ ފެންވަރުގެ ހޮލިސްޓިކް މެންޓަލް ހެލްތް ފެސިލިޓީއަކަށް ހެދުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް ވެސް އެޗް.ޑީ.ސީ.އިން ހާމަކޮށްފައިވެއެވެ.

މި ކަމުގެ އެއްބަސްވުމުގައި އެޗް.ޑީ.ސީ.ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ. އަދި ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޢަބްދުﷲއެވެ. މި މަޝްރޫޢަކީ، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ސަރުކާރުން ދޭ އިސްކަމުގެ ދަށުން ކުރިއަށްގެންދެވޭ މުހިންމު މަސައްކަތެކެވެ.

އެޗް.ޑީ.ސީ.އިން ބުނީ، މި ބަދަލުގެ ސަބަބުން، ހަމައެކަނި ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ ބަދަލުގައި، ފަރުވާ ހޯދާ ފަރާތްތަކަށް ދިރިއުޅުމުގެ ހުރިހާ ގޮތަކުން ދުޅަހެޔޮކަން ހޯދައިދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. މީގެ އިތުރުން، ރީބްރޭންޑިންގ މަޝްރޫޢުގެ ސަބަބުން، މިހާރު ވެސް ގުރައިދޫ މަރުކަޒުގައި ތިބި ފަރާތްތަކަށް ލިބޭ ފަރުވާގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މިފަދަ ޤައުމީ މުހިންމު މަޝްރޫޢުތަކުގައި ބައިވެރިވެ، ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވުމަކީ އެ ކުންފުނީގެ އަބަދުގެ ވެސް އަމާޒު ކަަމަށް އެޗް.ޑީ.ސީ.އިން ބުނެއެވެ. މިފަދަ ޞިއްޙީ އަދި އިޖުތިމާޢީ މަޝްރޫޢުތަކަށް އެޗް.ޑީ.ސީ.ގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަބަދުމެ ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން