Ads by Farudhun

ޚަބަރު

ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފި

ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފި

ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި 3 މީހުން. ފޮޓޯ: ފުލުހުން.

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

29 ނޮވެމްބަރު 2026، 03:01

29 ނޮވެމްބަރު 2026، 03:01

ރ. ދުވާފަރުގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އެ ރަށަށް ނިސްބަތްވާ ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދުވާފަރު، އެންދެރިމާގެ، އަޙްމަދު އަބޫބަކުރު (47އ) އާއި، ގުލްޝަން ހަވީރު، މުޙައްމަދު އިބްރާހީމް (31އ) ގެ އިތުރުން މަލަ، އަޙްމަދު ޠަލްޢަތު (30އ) އެވެ. މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ދުވާފަރުގައި މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކޮށް އަދި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.

މި ހިނގާ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ދުވާފަރު ފުލުހުން ހިންގި މި އޮޕަރޭޝަނުގައި، އެ ތިން މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ކަރުދާސްކޮޅާއި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތިން މީހުންވެސް ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވެ ވޭތުވެދިޔަ ތިން އަހަރު ދުވަސް ތެރޭގައި 1362.2426 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު އެ ތަކެތީގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރައެވެ. މި ސަރުކާރުން ޑްރަގް ކެފޭގެ ގޮތުގައި 20 ޑްރަގްކެފޭ ބަންދުކޮށްފައިވާއިރު އޭގެތެރޭގައި މާލެ 15 ތަނަކާއި އައްޑޫގެ 4 ތަނެއްގެ އިތުރުން ފުވައްމުލަކު ތަނެއް ވެސް ހިމެނެއެވެ.

މީގެ އިތުރުން މި ސަރުކާރުން ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހަރުކަށި އަދަބުތަކެއް ދޭގޮތަށް އެ ގާނޫނު އިސްލާހުކޮށްފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450