Ads by Farudhun

ޚަބަރު

ފުރުމުގެ ކުރިން ޢުމްރާގެ އަޅުކަން ”ތަޖުރިބާކޮށްލެވޭނެ“ ޕްލެޓްފޯމެއް ތައާރަފްކޮށްފި

ފުރުމުގެ ކުރިން ޢުމްރާގެ އަޅުކަން ”ތަޖުރިބާކޮށްލެވޭނެ“ ޕްލެޓްފޯމެއް ތައާރަފްކޮށްފި

ރާއްޖޭގެ އުމްރާވެރިންތަކެއް

farudhun logo

ފަރުދުން

29 ނޮވެމްބަރު 2026، 02:05

29 ނޮވެމްބަރު 2026، 02:05

ފުރުމުގެ ކުރިން ޢުމްރާގެ އަޅުކަން ”ތަޖުރިބާކޮށްލެވޭނެ“ ޕްލެޓްފޯމެއް "ޙަރަމައިން އިންފޯ" އިން ތައާރަފްކޮށްފިއެވެ.

ހަރަމައިން އިންފޯއިން ތައާރަފްކޮށްފައި ވަނީ އުމްރާއަށް ފުރުމުގެ ކުރިން އުމްރާއަށް ތައްޔާރުވެ އުމްރާގެ ރުކުންތަކާއި ވާޖިބުތައް ދަސްކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުންނެވެ. އިންޓަނެޓް ބްރައުޒާ މެދުވެރިކޮށް ބޭނުންކުރެވޭ މި ޕްލެޓްފޯމަކީ އިންޓަރއެކްޓިވް 3D ގައިޑެކެވެ.



މި ގައިޑުގެ އެހީގައި މައްކާއަށް ދިއުމުގެ ކުރިން، ވާޗުއަލްކޮށް ޢުމްރާގެ އެކި މަރުޙަލާތައް އަމިއްލައަށް ތަޖުރިބާކޮށްލުމުގެ ފުރުސަތުލިބެއެވެ. މި ޕްލެޓްފޯމުގައި  ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުން ވަގުތަކު އެ އަޅުކަން ކުރާނެ ގޮތް ދަސްކުރެވޭނެއެވެ.

މި ޕްލެޓްފޯމުގައި ކިޔައިދޭ ކަންތައްތަކުގެ ތެރޭގައި އިހްރާމްބަނުމާއި ތަވާފުކުރުން ފަދަ ހުރިހާ ކަމެއް ހިމެނެއެވެ. އަދި އޭގެ އިތުރުން ކިޔަންޖެހޭ ދުއާތަކާއ އޭގެ މާނައިގެ އޯޑިއޯ ހިމެނެއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450