ކުޅިވަރު

ޗެމްޕިއަންސް ލީގު: އައުބަމަޔަން ކާމިޔާބުކުރި އުނދަގޫ ދެ ގޯލާއެކު މާސޭއިން ނިއުކާސްލް ބަލިކޮށްފި

ޗެމްޕިއަންސް ލީގު: އައުބަމަޔަން ކާމިޔާބުކުރި އުނދަގޫ ދެ ގޯލާއެކު މާސޭއިން ނިއުކާސްލް ބަލިކޮށްފި

މާސޭގެ ދެވަނަ ގޯލު ކާމިޔާބު ކުރުމަށްފަހު އައުބަމަޔަން އުފާފާޅުކުރަނީ---

farudhun logo

ފަރުދުން

26 ނޮވެމްބަރު 2025، 10:16

26 ނޮވެމްބަރު 2025، 10:16

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އިނގިރޭސިވިލާތުގެ ނިއުކާސްލް ޔުނައިޓެޑުން ގޯލެއް ކާމިޔާބުކޮށް ލީޑު ނަގާފައި ވަނިކޮށް، ކުރިން ޗެލްސީ އަދި އާސެނަލްއަށް ކުޅުނު ޕިއެރޭ-އެމެރިކް އައުބަމަޔަން ކާމިޔާބުކުރި އުނދަގޫ ދެ ގޯލާއެކު، ފަރަންސޭސިވިލާތުގެ އޮލިމްޕިކް މާސޭއިން ފަހަތުން އަރައި މެޗު ކާމިޔާބުކޮށްފިއެވެ.

މާސޭގައި ކުޅުނު މި މެޗުގައި ނިއުކާސްލްއިން ލީޑު ނެގީ މެޗުގެ 6ވަނަ މިނެޓުގައި ހާވީ ބާރންސްގެ ގޯލަކުންނެވެ.

ރަގަޅު ފޯމެއްގައި އޮވެ މި މެޗަށް ނިކުތް ނިއުކާސްލްއަށް އެ ގޯލުގެ ފަހުން މާރަނގަޅު ފުރުސަތުތަކެއް ތަނަވަހެއް ނުކުރެވުނެވެ. އެހެންކަމުން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. 

މާސޭއިން މެޗުގެ ނަތީޖާ އަނބުރާލީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. އެގޮތުން ފުރަތަމަ ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި ގޯލްކީޕަރު ކައިރިން ނައްޓާލުމަށްފަހު، އުމުރުން 36 އަހަރުގެ އައުބަމަޔަން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ވަރަށް ހަނި އޭންގަލަކުންނެވެ. އަދި އޭގެ 4 މިނެޓު ފަހުން މާސޭއަށް އޭނާ ލީޑު ނަގައިދިނީ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް، ސްލައިޑްކޮށްލުމަށްފަހު ބޫޓުގެ އުންތަކުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މި މެޗުން ލިބުނު ޕޮއިންޓުތަކާއެކު މާސޭއަށް މިހާތަނަށް ލިބިފައި ވަނީ ޖުމްލަ 6 ޕޮއިންތެވެ. އަދި އެ ޓީމު އޮތީ ލީގު-ފޭސްގެ 19ވަނައިގައެވެ. އަދި 9 ޕޮއިންޓާއެކު ނިއުކާސްލް އޮތީ 8ވަނައިގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން