Ads by Stelco

ޚަބަރު

އަތޮޅު ކައުންސިލް އުވާލުމާ ގުޅޭ އިސްލާޙު މަޖިލީހުން ފާސްކުރުމުން ޖޭޕީގެ ލީޑަރ މަރުޙަބާ ދަންނަވައިފި

އަތޮޅު ކައުންސިލް އުވާލުމާ ގުޅޭ އިސްލާޙު މަޖިލީހުން ފާސްކުރުމުން ޖޭޕީގެ ލީޑަރ މަރުޙަބާ ދަންނަވައިފި

ޤާސިމް އިބްރާހިމް/ފޮޓޯ: ސަން އޮންލައިން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

26 ނޮވެމްބަރު 2025، 10:26

26 ނޮވެމްބަރު 2025، 10:26

އަތޮޅު ކައުންސިލްތައް އުވާލުމަށް ޤާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިޞްލާހު މަޖިލީހުން ފާސްކުރުމާއި ގުޅިގެން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރ ޤާސިމް އިބްރާހިމް މަރުޙަބާ ދަންނަވައިފި އެވެ.

މި އިޞްލާހު ފާސްކޮށްފައިވަނީ، މެންބަރުންގެ ގޮނޑި ގެއްލުމާ ގުޅޭގޮތުން ހުށަހެޅުނު އިސްލާޙު އުނިކުރުމަށްފަހު އެވެ. މި އިސްލާޙުތައް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢުއެވެ.

މިކަމާއި ގުޅިގެން ޖޭޕީގެ ލީޑަރ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤާނޫން އަސާސީގެ ލާމަރުކަޒީ ބާބުގެ 230 އަދި 231 ވަނަ މާއްދާގައި ހިމެނޭ އަތޮޅު ކައުންސިލްތަކާއި ގުޅޭ ބައި އުނިކޮށް އެ މާއްދާތައް އިޞްލާޙް ކުރުމަށް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން ޤާނޫން އަސާސީއަށް ގެންނެވި އިޞްލާޙަކީ ވަރަށް މުހިންމު އަދި އެހާމެ މުނާސަބު އިޞްލާހެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ހިންގުމުގައި 2011 ވަނަ އަހަރުން ފެށިގެން ކުރެވިފައިވާ ތަޖްރިބާއިން ބަލާނަމަ، އަތޮޅު ކައުންސިލަކީ ކޮންމެހެން ރާއްޖޭގެ ހާލަތުގައި އޮންނަށް ޖެހޭ ލޭޔަރ އެއް ނޫންކަން ހާމަވެފައިވާކަމަށް ޤާސިމް ވިދާޅުވިިއެވެ.

ރަށު ކައުންސިލްތަކުން ނިންމާ ނިންމުންތައް، އަތޮޅު ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި، މުއައްސަސާތަކަށް ދަތުރުކުރުމުގެ ބަދަލުގައި ސީދާ ރަށު ކައުންސިލުން ގުޅުންހުރި އިދާރާތަކަށް ހުށަހެޅިގެން ދިއުމުން، ރަށު ކައުންސިލްތަކުން ދޭން ބޭނުންވާ ޚިދުމަތް އަވަސްވެގެން ދިއުމާއި، ދައުލަތުގެ ހަރަދު ކުޑަވެގެންދިއުމާއި، އެފިޝެންސީ އިތުރުވެގެންދާނޭކަމީ ޝައްކެތް އޮތްކަމެއް ނޫން. 

ޤާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން، 2023 ވަނަ އަހަރު އަދުގެ ސަރުކާރުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއެއް އުފައްދާފައިވާތީ އާއި، އެ ވުޒާރާއިން ނުހަނު ޒިންމާދާރުކަމާއެކު ލޯކަލް ޤަގަވަރމަންޓް އޮތޯރިޓީއަށާއި، ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދާއިރު، ރަށު ކައުންސިލްތަކުގެ ނުވަތަ ސިޓީ ކައުންސިލްތަކުގެ ނިންމުންތަކުގައި އަތޮޅު ކައުންސިލުގެ ދައުރެއް ނެތްކަން ޤާސިމް ހާމަކުރެއްވިއެވެ.

ޤާސިމް އިތުރަށް ވިދާޅުވީ، މި ބިލު މަޖިލީހުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 87 މެންބަރުންގެ ތެރެއިން 75 މެންބަރުންގެ ވޯޓުން ފާސްވުމާއި ގުޅިގެން ޕީއެންސީ ޕާލިމެންޓްރީ ގުރޫޕަށް ނުހަނު އިޙްލާޞްތެރި މަރުހަބާ އާއި ތަޙްނިޔާ އަރިސްކުރައްވާ ކަމަށެވެ.

ޤައުމުގެ ހިންގުން ހަރުދަނާކޮށް، އެފިޝެންސީ އިތުރުކޮށް، ޚަރަދުކުޑަކޮށް ޤައުމު ކުރިއަށްގެންދިއުމަށް އަޅުއްވާ މިފަދަ ކޮންމެ ފިޔަވަޅަކަށް އަޅުގަނޑާއި ޖުމްހޫރީ ޕާޓީގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބޭނޭކަމުގެ ޔަޤީންކަން ދެން.

ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވަނީ، މި ބިލު ރައީސުލްޖުމްހޫރިއްޔާ ވީހާވެސް އަވަހަކަށް ތަސްދީޤުކުރެއްވުމަށް ގޮވާލައްވާ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެއްވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަށް ޝުކުރު ދަންނަވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން