Ads by Stelco

ޚަބަރު

ދުންފަތާއި ގުޅުންހުރި ކުށްތައް އިތުރުވަނީ، ޤާނޫނުގެ ތެރެއިން އެޅި ފިޔަވަޅުތަކުގެ ސަބަބަކުން ނޫން :ޞިއްޙީ ވަޒީރު ނާޡިމް

ދުންފަތާއި ގުޅުންހުރި ކުށްތައް އިތުރުވަނީ، ޤާނޫނުގެ ތެރެއިން އެޅި ފިޔަވަޅުތަކުގެ ސަބަބަކުން ނޫން :ޞިއްޙީ ވަޒީރު ނާޡިމް

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ނޮވެމްބަރު 2025، 10:54

26 ނޮވެމްބަރު 2025، 10:54

ދުންފަތާއި ގުޅުންހުރި ކުށްތައް އިތުރުވަނީ، ޤާނޫނުގެ ތެރެއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޖެނެރޭޝަނަލް ބޭން ނުވަތަ ޖީލަކަށް ދުންފަތް މަނާކުރުމާއި، ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، އެކަމުގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެކަން ތަންފީޒު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަސައްކަތްތަކުގެ ތެރޭގައި ގައިގައިން ނާރާ ބަލިތައް އިތުރުވާ މައްސަލައަށް ޙައްލެއް ގެނައުމަށް ދުންފަތުގެ ސަބަބުން މިފަދަ ބަލިތައް އިތުރުވާ މިންވަރު މަދުކުރުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ނާޡިމް ވިދާޅުވި ގޮތުގައި، މިކަމުގައި އަޅަމުންދާ ފިޔަވަޅުތައް ބިނާވެފައިވަނީ ތިން ކަމެއްގެ މައްޗަށެވެ. އެއީ، މިކަމަށް މީހުން ހޭލުންތެރި ކުރުވުމާއި، ދުންފަތް ނުބުއިމަށް ބޭނުންވާ ސިފަތައް ނުވަތަ ވައްޓަފާޅި މީހުންނަށް އޮޅުން ފިލުވައިދިނުމަށް އަދި އެކަމަށް މީހުންގެ މެދުގައި ޝައުޤުވެރިކަން އުފެއްދުމަށް ކުރެވޭ މަސައްކަތްތަކެވެ. މިގޮތުން، ދުންފަތުގެ ނުރައްކަލާއި ގުޅޭގޮތުން އެކި މަންސަތައް މެދުވެރިކޮށް އާންމުންނަށް މައުލޫމާތު ދިނުމާއި، ދުންފަތް ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެކަމަށް މަގުފަހިކޮށްދިނުމަށް މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ސިޒޭޝަން ޚިދުމަތް ލިބޭނެ ގޮތް މަގުފަހިކޮށްދީފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިކަން ތަންފީޒު ކުރުމުގައި ޤާނޫނާއި ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ނިޒާމުވެސް މިހާރު ޤާއިވްވެފައިވާ ކަމަށް ވިދާޅުވިއެވެ.

މި ފިޔަވަޅުތައް ތަންފީޒުކުރެވެމުންދަނީ، ދުނިޔޭގައި މިފަދަ ކަންކަން ކުރާ ގޮތްތަކާއި، އެކަމާއި މެދު ހެދިފައިވާ ޢިލްމީ ދިރާސާތަކާއި، ކަމާއި ގުޅުންހުރި ހުރިހައި އިދާރާތަކާއިއެކު މަޝްވަރާކޮށްގެން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް، މިކަމުގެ ސަބަބުން އަންނާނެ ބަދަލުތައް ދެނެގަނެވޭނީ، މިފިޔަވަޅުތައް ތަންފީޒުކޮށް އޭގެ ދުވަސްކޮޅެއް ފަހުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސިއްޙީ ވަޒީރު ދެއްވި މި ޖަވާބާއި ގުޅިގެން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ވަނީ، މިފަހަކަށް އައިސް ދުންފަތާއި ގުޅުންހުރި ރޭވިގެން ހިންގާ ކުށްތައް އިތުރުވެފައިވާކަން ފާހަގަކުރައްވާ، މިހާރުގެ ސަރުކޫރުން އަޅަމުންދާ ފިޔަވަޅުތަކާއި އެކަމާއި ގުޅުމެއްވޭތޯ ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ނާޡިމް ވަނީ، އެކަން އެގޮތަށް ހިނގާ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އަބަދުވެސް ބައެއް ބަދަލުތަކަކީ، އޭގެއިން ކޮންމެވެސް "އަސަރެއް" ކުރާ ކަން އެއީ އަޅުގަނޑުމެންނަށް އެނގޭ ކަމެއް. އެކަމަކު އަޅުގަނޑު ނުދެކެން ފަހަރެއްގައިވެސް ދުންފަތާއި ގުޅިގެން އަޅުގަނޑުމެން މިއަޅަމުންދާ ފިޔަވަޅުތައް އެއީ ކޮންމެހެން ކުށްތައް އިތުރުވާންޖެހޭ ސަބަބެއް ގޮތުގައެއް. އެގޮތަށް އަޅުގަނޑަށް އަމިއްލަ ހައިސިއްޔަތުންވެސް ޤަބޫލެއް ނުކުރެވޭ

ސިއްޙީ ވަޒީރު ނާޡިމް 

ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙުގެ ތެރެއިން، 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު،  ދުންފަތުގެ އިސްތިއުމާލުކުރުން ވަނީ މަނާކުރެވިފައެވެ. އަދި އެއުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މި ޤާނޫނުގެ ދަށުން މަނާ ކަމެކެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން