ޚަބަރު
އެމްއެންޔޫގެ "އިނޮވޭޓިވް ހަބް" އިން ޕިޗް ވޯކްޝޮޕެއް ބާއްވައިފި
ވޯކްޝޮޕްގެ ތެރެއިން/ފޮޓޯ: އެމްއެންޔޫ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ "އިނޮވޭޓިވް ހަބް" އަދި ސްޕާކްހަބްއާއި ގުޅިގެން ޕިޗް ވޯކްޝޮޕެއް ބާއްވައިފިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ވޯކްޝޮޕަކީ އެމްއެންޔޫ އިނޮވޭޓިވް ހަބްގައި ބައިވެރިވާ ދަރިވަރުންނަށް ޚާއްޞަކޮށް ބޭއްވުނު ވޯކްޝޮޕެއް ކަމަށެވެ.
އިނޮވޭޓިވް ހަބް އަކީ، އުފެއްދުންތެރިކަމާއި ވިޔަފާރީގެ ކުރިއެރުމަށް އަމާޒުކޮށް ފުރުތަމަ ފަހަރަށް ދިވެހިރާއްޖޭގެ ޔުނިވާސިޓީއެއްގައި ޤާއިމުކުރެވިފައިވާ އިންކިއުބޭޓަރ އެއްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން، އެކި ފެކަލްޓީގެ ފަރާތުން އުފެއްދުންތެރިކަމާއި ވިޔަފާރީގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ދަރިވަރުން މި ވޯކްޝޮޕްގައި ބައިވެރިވެފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މި ވޯކްޝޮޕްގައި، ދަރިވަރުންގެ ފަރާތުން ވިޔަފާރިއާއި ގުޅޭ ތަފާތު ޚިޔާލުތައް ހިއްސާކުރުމާއި އުފެއްދުންތެރި އެތަށް މަޢުލޫތަކަކާއި ގުޅިގެން މަޝްވަރާކުރެވިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.