Ads by Stelco

ޚަބަރު

ހުޅުމާލޭ ބައު އިންޖީނުގޭގެ ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއް ޙައްލު ކުރުމުގެ ތެރޭގައި އަލިފާނުގެ ޙާދިސާއެއް!

ހުޅުމާލޭ ބައު އިންޖީނުގޭގެ ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއް ޙައްލު ކުރުމުގެ ތެރޭގައި އަލިފާނުގެ ޙާދިސާއެއް!

ސްޓެލްކޯ/ފޮޓޯ: މިހާރު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

26 ނޮވެމްބަރު 2025، 02:51

26 ނޮވެމްބަރު 2025، 02:51

ހުޅުމާލޭ ބައު އިންޖީނުގޭގެ ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއް ޙައްލު ކުރުމުގެ ތެރޭގައި އަލިފާނުގެ ޙާދިސާއެއް ހިނގާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވިދާޅުވީ، ހުޅުމާލޭގެ ބައު އިންޖީނުގޭގެ ސްވިޗް ގިއަރ އަކަށް ދިމާވި މައްސަލައެއް ޙައްލު ކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އަދި މި ޙާދިސާގައި އެ ކުންފުނީގެ މުވައްޒަފަކަށް އެކި ވަރުގެ އަނިޔާތަކެއް ލިބިފައިވާކަމަށް ސްޓެލްކޯ އިން ވިދާޅުވިއެވެ. އެމީހާއަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ހުޅުމާލޭގެ ބައު އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑަރުތައް ނިވި، މާލެއާއި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން މިއަދު ވަނީ ކަރަންޓުގެ ޚިދުމަތް ވެސް ވަޤުތީގޮތުން މެދުކެނޑިފައެވެ. އަދި މައްސަލަ ޙައްލުކުރުމަށް ފަހު، ޚިދުމަތް މެދުކެނޑުނު ސަރަޙައްދުތަކަށް އަލުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯ އިން ވަނީ ވިދާޅުވެފައެވެ.

އަލިފާނުގެ ޙާދިސާގައި ފަރުވާދެމުންދާ މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްޞީލު ސްޓެލްކޯއިން ހާމަކޮށްފައި ނުވާއިރު، ކަރަންޓުގެ ޚިދުމަތް ވަޤުތީގޮތުން މެދުކަނޑައިގެން ދިޔުމުން ސްޓެލްކޯ އިން ވަނީ މަޢާފަށް  އެދިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން