Ads by Stelco

ޚަބަރު

އިންޓަނޭޝަނަލް ފްލީޓް ރިވިއުގައި ބައިވެރިވުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ ސްރީލަންކާއަށް

އިންޓަނޭޝަނަލް ފްލީޓް ރިވިއުގައި ބައިވެރިވުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ ސްރީލަންކާއަށް

ޝިޕް ހުރަވީ/ފޮޓޯ: އެމްއެންޑީއެފް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

26 ނޮވެމްބަރު 2025، 04:32

26 ނޮވެމްބަރު 2025، 04:32

ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ފްލީޓް ރިވިއު (އައިއެފްއާރް2025) ގައި ބައިވެރިވުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ ސްރީލަންކާއަށް ފުރައިފިއެވެ.

ދިފާޢީ ވުޒާރާއިން ވިދާޅުވީ، ސްރީލަންކާ ނޭވީއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިމަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ފްލީޓް ރިވިއުގެ ޙަރަކާތްތައް ކުރިއަށްދާނީ ސްރީލަންކާގެ ވެރިރަށް، ކޮލޮމްބޯއާއި ޓްރިންކޮމަލީގައި ކަމަށެވެ. އެގޮތުން، މި ފްލީޓް ރިވިއުގައި ދުނިޔޭގެ 20 ޤައުމެއްގެ ނޭވީން ބައިވެރިވާ އިރު، އޭގެ ތެރޭގައި ދިވެހިރާއްޖެއާއި ސްރީލަންކާގެ އިތުރުން، އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، މެލޭޝިއާ، އިންޑޮނޭޝިއާ، އިޓަލީ، ރަޝިއާ ފަދަ ޤައުމުތަކުގެ ކަނޑުގެ އުޅަނދުތަކާއި ވަފުދުތައް ހިމެނެނޭކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ފްލީޓް ރިވިއުއާ ގުޅިގެން ކުރިއަށްގެންދާ ޙަރަކާތްތައް، މިމަހުގެ 27 އިން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، އެ ޙަރަކާތްތަކުގެ ތެރޭގައި އޮޕަރޭޝަނަލް ޑެމޮންސްޓްރޭޝަންތަކާއި، ޤައުމުތަކުގެ ސަޤާފީ ޙަރަކާތްތަކާއި، އަދި ޕްރޮފެޝަނަލް އިންޓަރެކްޝަންތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އޭގެތެރޭގައި ގޮނޑުދޮށް ސާފުކުރުމާއި، ކުޅިވަރުގެ ޙަރަކާތްތަކާއި، ސަޤާފީ އަދި އަސްކަރީ ބޭންޑުތަކުގެ ހުށަހެޅުންތަކާއި، ފުޑް ގާލާގެ އިތުރުން ސިޓީ ޕެރޭޑް އަދި ޝިޕްތަކަށް ޒިޔާރަތްކުރުން ފަދަ ޙަރަކާތްތައް ކުރިއަށްދާނެއެވެ.

މި ފްލީޓް ރިވިއުގައި ކޮލޮމްބޯއިން ޓްރިންކޮމޮލީއަށް ޝިޕްތަކުން ފަށާ ދަތުރު ރިވިއުކޮށްދެއްވާނީ ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެއެވެ. މިއީ ސްރީލަންކާއިން ބާއްވާ ތިންވަނަ އިންޓަރނޭޝަނަލް ފްލީޓް ރިވިއުއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން