Ads by Stelco

ޚަބަރު

މާލޭގެ ފެންބޮޑުވެފައިވާ 7 ސަރަޙައްދަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފި

މާލޭގެ ފެންބޮޑުވެފައިވާ 7 ސަރަޙައްދަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފި

ވިއްސާރަ ދުވަހަކު މާލެތެރެއިން/ފޮޓޯ: މިހާރު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

26 ނޮވެމްބަރު 2025، 04:55

26 ނޮވެމްބަރު 2025، 04:55

މާލެއަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން މާލޭގެ 7 ސަރަޙައްދެއްގައި ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ޤައުމީ ދިފާއީ ބާރު، އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވި ގޮތުގައި، މިވަގުތު ފެން ހިންދުމަށްޓަކައި މާލޭގެ 3 ސަރަޙައްދެއްގައި ޕަންޕު ބަހައްޓައިގެން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. މި ސަރަޙައްދުތަކުގެ ތެރޭގައި އައިޖީއެމްއެޗް ސަރަޙައްދު ހިމެނޭކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. މި ސަރަޙައްދަކީ ބޯކޮށް ވާރޭވެހިއްޖެނަމަ އެންމެ ބޮޑަށް ފެންބޮޑުވާ އެއް ސަރަޙައްދެވެ. މީގެ އިތުރުން އެމްއެންޑީއެފުން ވިދާޅުވީ، ޢާންމުންގެ މުދަލާއި ގޯތިގެދޮރުގެ ރައްކާތެރިކަމަށްޓަކައި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި ވެސް ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ، މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ހުދު އަދި ރީނދޫ ސަމާލު ވެސް ނެރިފައެވެ. އަދި ކުރިއަށް އޮތް ދެ ދުވަހު ވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، އެންމެހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން