Ads by Exprox

ޚަބަރު

ކާރިސީ ހިރާސްތައް ކުޑަ ކުރުމަށް މުޅި ރާއްޖެ ހިމެނޭ މަސައްކަތެއް ފަށައިފި!

ކާރިސީ ހިރާސްތައް ކުޑަ ކުރުމަށް މުޅި ރާއްޖެ ހިމެނޭ މަސައްކަތެއް ފަށައިފި!

އެންޑީއެމްއޭގެ އައު ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙް ކުރުން. ފޮޓޯ:ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 އޯގަސްޓު 2024، 04:03

29 އޯގަސްޓު 2024، 04:03

ހުލާސާ

ކާރިސީ ހިރާސްތައް ކުޑަކުރުމަށް މުޅި ރާއްޖެ ހިމެނޭހެން މަސައްކަތްކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، (އެންޑީއެމްއޭ)އިން އައު ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލާ އިފްތިތާޙުކޮށްފިއެވެ.

ކާރިސީ ހިރާސްތައް ކުޑަކުރުމަށް މުޅި ރާއްޖެ ހިމެނޭހެން މަސައްކަތްކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، (އެންޑީއެމްއޭ)އިން އައު ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލާ އިފްތިތާޙުކޮށްފިއެވެ.އެންޑީއެމްއޭ ގެ އައު ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙުކޮށްދެއްވީ އެކަމަށްޓަކައި މީރުމާ ހޮޓެލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދިފާޢީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައިޝަތު ސަފޫރާއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިފާޢީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައިޝަތު ސަފޫރާ ވިދާޅުވީ، އެންޑީއެމްއޭ ގެ ޕްލޭންގައި ވާ ކަންކަން ތަންފީޒުކުރުމަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭނެކަމަށެވެ.

 އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ ކާރިސާތައް އިތުރުވަމުންދާތީ، މި ޕްލޭންގެ ދަށުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭނެކަމަށްވެސް ސަފޫރާ ވިދާޅުވިއެވެ.

ސަފޫރާ ވިދާޅުވީ ދިވެހިރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް އޮންނަ ޤައުމަކަށްވާއިރު މޫސުމީ ބަދަލުތަކުގެ ސަބަބުން އެކި ނުރައްކަލާ ކުރިމަތިވާކަމަށެވެ. އެހެންކަމުން މިކަމަކީ ވަގުތުން ވަގުތަށް ފިޔަވަޅު އަޅަންޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެންޑީއެމްއޭއިން 2024 އިން 2029 އަށް އެކުލަވާލި އައު ސްޓްރެޓެޖިކް ޕްލޭންގައި އެންމެ މުހިންމުކަމެއްކަމުގައި ފާހަގަކޮށްފައިވަނީ އެ އޮތޯރިޓީން ރައްޔިތުންނަށް މިހާރު ފޯރުކޮށްދޭ އެމަރޖެންސީ ރެސްޕޯންސް އަދި އިންސާނީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ކާރިސީ ހީރާސް ކުޑަކުރުމުގެ މަސައްކަތުގައި ހުރިހާ ދާއިރާތަކެއްގެ ބައިވެރިވުމާއެކު ވިލުންވެރި މުޖުތަމަޢެއް ބިނާކުރުންކަމަށް އެއިދާރާއިން ބުނެފައިވެއެވެ. 

މި ސްޓްރެޓެޖިކް ޕްލޭންގެ މަޤްޞަދުތައް ހާސިލުކޮށް، ކާރިސާގެ ނުރައްކާ ކުޑަކުރުމުގެ މަސައްކަތްތައް ހަރުދަނާކޮށް އަދި ޤައުމީ ފެންވަރުގައި ކާރިސާތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ކަނޑައެޅިފައިވާ ނިޒާމުތައް ތަންފީޒުކުރުމަކީ އަމާޒެއްކަމަށްވެސް އެއިދާރާއިން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco