Ads by Stelco

ޚަބަރު

މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ސިފައިން ފެށި އޮޕަރޭޝަނުގައި މިހާތަނަށް 6،700 ޓަނުގެ ފެން ހިއްކައިފި

މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ސިފައިން ފެށި އޮޕަރޭޝަނުގައި މިހާތަނަށް 6،700 ޓަނުގެ ފެން ހިއްކައިފި

މާލެއިން ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރިޔަށް ގެންދަނީ / ފޮޓޯ: އެމްއެންޑީއެފް

farudhun logo

ފަރުދުން

26 ނޮވެމްބަރު 2025، 08:24

26 ނޮވެމްބަރު 2025، 08:24

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މާލޭގައި ފެންބޮޑުވުމުގެ ސަބަބުން، މިއަދު މެންދުރުފަހުން ފެށިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ފެން ހިންދުމަށް ކުރިޔަށްގެންދާ އޮޕަރޭޝަނުގައި މިހާތަނަށް 6،736 ޓަނުގެ ފެން ހިއްކާފައިވާކަމަށް ހާމަކޮށްފިއެވެ. 

މާލޭގައި ފެންބޮޑުވެ، އާންމުން ދިރިއުޅޭ އިމާރާތްތަކަށް ފެން ވަންނަން ފެށުމާ ގުޅިގެން ސިފައިން ހަރަކާތްތެރިވާން ފެށީ މެންދުރުފަހު 13:30 ހާއިރުން ފެށިގެންނެވެ. 

މި މަސައްކަތް ސިފައިން ކުރިޔަށް ގެންދަނީ ހަތް ސަރަހައްދެއްގައި ހަތް ޕަންޕު ބޭނުންކޮށްގެންނެވެ.

މި އޮޕަރޭޝަންގައި ހަރަކާތްތެރި ވަނީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އާއި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުންނެވެ.

އަދި ބައެއް އިމާރާތްތަކަށް ފެން ވަންނަމުންދާތީ، ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ސިފައިން ދަނީ ކުރަމުންނެވެ. 



މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ، މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ހުދު އަދި ރީނދޫ ސަމާލު ވެސް ނެރިފައެވެ. އަދި ކުރިއަށް އޮތް ދެ ދުވަހު ވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، އެންމެހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން