Ads by Stelco

ޚަބަރު

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް މަޤާމުން ރިޓަޔާކުރައްވައިފި

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް މަޤާމުން ރިޓަޔާކުރައްވައިފި

އިބްރާހީމް މުހައްމަދު ދީދީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

27 ނޮވެމްބަރު 2025، 10:58

27 ނޮވެމްބަރު 2025، 10:58

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް، އިބްރާހީމް މުހައްމަދު ދީދީ މަޤާމުން ރިޓަޔާކުރައްވައިފި އެވެ.

ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމުން އިބްރާހީމް މުހައްމަދު ދީދީ ރިޓަޔާ ކުރައްވާފައިވަނީ އިއްޔެގެ ވަޤުތެއްގައެވެ. މިކަމާއި ގުޅިގެން ކަރެކްޝަންސް އިން ވިދާޅުވީ، އޭނާ ރިޓަޔާކުރެއްވީ އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް އިބްރާހީމް މުހައްމަދު ދީދީ އައްޔަނުކޮށްފައި ވަނީ، 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ގައެވެ. އެގޮތުން، އިބްރާހީމް މުހައްމަދު ދީދީ އެ މަޤާމަށް ޢައްޔަނުކުރެއްވީ، އޭރު އެ މަޤާމުގައި ހުންނެވި ހަސަން ޒިލާލް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ. އޭގެ ކުރިން އިބްރާހީމް މުހައްމަދު ދީދީ ހުންނެވީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސްގެ މަޤާމުގައެވެ.

އިބްރާހިމް މުހައްމަދު ދީދީ މޯލްޑިވްސް ކަރެކްޝަންސް ސަރވިސް އާ 2006 ވަނަ އަހަރު ގުޅިވަޑައިގަތުމަށްފަހު، އޭނާ ވަނީ  އެ އިދާރާގެ އެކި މަޤާމުތަކުގައި 19 އަހަރު ޚިދުމަތް ކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން