Ads by Stelco

ޚަބަރު

ސީޕީ ނަވީން، އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް ކޮމިޝަނަރާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

ސީޕީ ނަވީން، އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް ކޮމިޝަނަރާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

ބައްދަލުކުރެއްވުމުގެ ތެރެއިން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

27 ނޮވެމްބަރު 2025، 12:32

27 ނޮވެމްބަރު 2025، 12:32

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް (އޭ.އެފް.ޕީ) ގެ ކޮމިޝަނަރު ކްރިސީ ބެރެޓް އާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި،  އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. އަދި އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ކްރިސީ ބެރެޓްއެވެ.

މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ، ރާއްޖޭގެ ފުލުހުންގެ މަސައްކަތް ހަރުދަނާކުރެއްވުމަށް ފާއިތުވި އަހަރުތަކުގައި އޭ.އެފް.ޕީ އިން ދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވައި، ދިވެހި ފުލުހުންގެ ޚިދުމަތާއި އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް (އޭ.އެފް.ޕީ) އާ ދެމެދުގައި ޤާއިމުވެފައިވާ ދިގު މުއްދަތުގެ މަސައްކަތުގެ ގުޅުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ދިވެހި ފުލުހުންގެ ޤާބިލްކަން އިތުރުކުރުމަށް ހުރި ގިނަ ފުރުޞަތުތަކާ ގުޅޭގޮތުން ދެފަރާތުން މަޝްވަރާކުރަރެއްވިއެވެ.

އެގޮތުން، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމާއި، ފައިނޭންޝިއަލް އެނަލިސިސް، ބޮޑެތި ކުށްތައް މެނޭޖުކުރުމާއި، ސައިބަރ ކުށްތައް ތަހުޤީގުކުރުމާއި، ސަރަޙައްދަށް އަމާޒުކޮށްގެން ހިންގާ ސްކޭމް ސިންޑިކޭޓްތައް ނައްތާލުމުގެ މަސައްކަތްތަކުގެ އިތުރުން ބައިނަލްއަޤްވާމީ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ބޯޑަރުތައް ހުރަސްކޮށް ޙަރަކާތްތެރިވާ ކުށްވެރި ޖަމާޢަތްތަކުން ރާއްޖެއަށް ޤަވާއިދާ ޚިލާފަށް ދުންފަތުގެ އިސްތިއުމާލުކުރާ ތަކެތި އެތެރެކުރުން ހުއްޓުވުމަށް އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސީޕީ ނަވީން ވަނީ، ކުރިއަށް އޮތްތަނުގައި ވެސް ގުޅިގެން މަސައްކަތްކުރުމުގައި އޭ.އެފް.ޕީ އާއި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު އޮތް ގުޅުން ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން