Ads by Stelco

ޚަބަރު

ބޯކޮށް ވާރޭވެހި، މާލޭގެ މަގުތަކުން ފެން ހިންދުމަށް ސިފައިން ނިކުމެއްޖެ

ބޯކޮށް ވާރޭވެހި، މާލޭގެ މަގުތަކުން ފެން ހިންދުމަށް ސިފައިން ނިކުމެއްޖެ

ފެން ހިންދުމުގެ މަސައްކަތް/ފޮޓޯ: އެމްއެންޑީއެފް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

27 ނޮވެމްބަރު 2025، 12:51

27 ނޮވެމްބަރު 2025، 12:51

މާލެއަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން މާލޭގެ އެކި ސަރަޙައްދުތަކުގައި ފެން ހިންދުމުގެ މަސައްކަތުގައި ޙަރަކާތްތެރިވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ސިފައިން ނިކުމެއްޖެއެވެ.

އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވި ގޮތުގައި، މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ޙަރަކާތްތެރިވަމުންނެވެ. އެގޮތުން، މި ސަރަޙައްދުތަކުގެ ތެރޭގައި މާލޭގެ ދުވާ ޓްރެކް ކައިރީގައި ހުންނަ ޖެޓީ ސަރަޙައްދާއި، އައިޖީއެމްއެޗް ސަރަޙައްދު ހިމެނޭކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. މި ސަރަޙައްދުތަކަކީ ބޯކޮށް ވާރޭވެހިއްޖެނަމަ އެންމެ ބޮޑަށް ފެންބޮޑުވާ އެއް ސަރަޙައްދެވެ. 

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ، މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު ވެސް ނެރިފައެވެ. އަދި ކުރިއަށް އޮތް 3 ދުވަހު ވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، އެންމެހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން