ޚަބަރު
އަންނަ ޑިސެންބަރު މަހުގެ ޚިތާނީ ކޭމްޕުގައި ބައިވެރިވުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ހުޅުވާލައިފި
މީގެ ކުރިން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚިތާނީ ކޭމްޕުގައި ބައިވެރިވި ކުއްޖެއް. / ފޮޓޯ: ޓްރީ ޓޮޕް ހޮސްޕިޓަލް.
ފަރުދުން
27 ނޮވެމްބަރު 2025، 03:15
27 ނޮވެމްބަރު 2025، 03:15
ކުރިއަށް އޮތް ޑިސެންބަރު މަހުގެ ޚިތާނީ ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު، ޓްރީ ޓޮޕް ހޮސްޕިޓަލުން ހުޅުވާލައިފިއެވެ.
އަންނަ ޑިސެންބަރު މަހުގެ ވިހިވަނަ ދުވަހުން ފެށިގެން، އާ އަހަރުގެ ޖަނަވަރީ މަހުގެ ވިއްސާ ހަމައަށް ކުރިއަށް ގެންދާ މި ކޭމްޕަކީ، މި އަހަރު ޓްރީޓޮޕުން އިންތިޒާމުކުރާ ދެވަނަ ޚިތާނީ ކޭމްޕެވެ. އާސަންދައިން ކަނޑާ ފައިސާގެ ޢަދަދު އުނިކުރުމަށް ފަހު، ކޭމްޕުގައި ބައިވެރިވުމުގެ އަގަކީ 5،500 (ފަސް ހާސް ފަސް ސަތޭކަ) ރުފިޔާއެވެ.
ޚިތާނީ ކޭމްޕުގައި ބައިވެރިވުމުގެ ސުންގަޑިއަކީ، އަންނަ މަހުގެ 18ވަނަ ދުވަހުގެ ނިޔަލެވެ.
ޓްރީ ޓޮޕުން ހުޅުވާލާފައިވާ މި ޚިތާނީ ޕެކޭޖުގައި ހިމެނޭ ޚިދުމަތްތަކުގެ ތެރޭގައި، ޚިތާނީ އޮޕަރޭޝަންގެ ކުރިން ޔޫރޮލޮޖިސްޓް އަދި އެނެސްތީޜިއޮލޮޖިސްޓުންގެ ކޮންސަލްޓޭޝަން، ޕްރޮސީޖަރއާ ގުޅޭ ޢާންމު ލެބޯޓަރީ ތަޙުލީލުތައް، ލޯކަލް ނުވަތަ ޖެނެރަލް އެނެސްތީޜިއާގެ ދަށުން ޚިތާނުކުރުމުގެ ފުރުޞަތު، އަދި އޮޕަރޭޝަނަށް ބޭނުންވާ ހުރިހައި ތަކެއްޗާއި ބޭސް ހިމެނެއެވެ. މި ކަންކަމުގެ އިތުރުން، އޮޕަރޭޝަނަށް ފަހު ޑޭކެއާގައި ބާއްވައިގެން މޮނިޓަރކުރުމާއި، ޚިތާނަށް ފަހު އިތުރު ޚަރަދަކާ ނުލައި ޑޮކުޓަރަށް ދެއްކުމުގެ ފުރުޞަތު ލިބުމާއި، އަދި އޮޕަރޭޝަނަށް ފަހު ލުއި ކާނާތައް ލިބުން ވެސް، މި ޕެކޭޖުގެ ފައިދާތަކުގެ ތެރޭގައި ހިމެނިގެން ވެއެވެ. އަދި ހަމަ އެހެންމެ، ޚާއްޞަ އަގެއްގައި އަމިއްލަ ކޮޓަރިއަކަށް ބަދަލުވުމަކީ ވެސް، މި ޕެކޭޖް ނަގާ ފަރާތްތަކަށް ފަހިވެފައިއޮތް ފުރުޞަތެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި، މި ކޭމްޕުގައި ޚިދުމަތް ދެއްވާނީ، އޮޕަރޭޝަން ފަރުވާއަށް ޚާއްޞަ ޑޮކްޓަރުންނާއި، ކުޑަކަމުދާ ނިޒާމުގެ ޚާއްޞަ ޑޮކްޓަރުންގެ މައްޗަށް އެކުލެވޭ ތަޖުރިބާކާރު މެޑިކަލް ޓީމަކުންނެވެ. މި ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންނަކީ: ޑރ. އިބްރާހިމް މޫމިން، ޑރ. އުކްތަމް ޢަބްދުﷲ، ޑރ. ޙުސެއިން ހަދިޔެވް، ޑރ. މުޙައްމަދު ޝަރީފް، ޑރ. މެހެމަތު އޯޑާ، އަދި ޑރ. ޢަބްދުﷲ ޢުބައިދު އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ، އާ އުޞޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދުމަށް ދިވެހީން ދާން ޖެހޭ ދިޔުން މަދުކޮށް، ރާއްޖެއިން ލިބޭ ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކުގެ ޚަރަދުތައް ކުޑަކުރުމެވެ. މީގެ އިތުރުން، އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާ އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ މަޤުޞަދަކީ ދިވެހީންނަށް ގިނަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
TTH is pleased to launch our Dec-Jan Circumcision Camp!
— Tree Top Hospital (@treetophospital) November 26, 2025
Registration is now open till December 18th, 2025.
Offering safe and expert care in a comfortable setting, this dedicated camp ensures the highest standards of clinical excellence.
Call 3351610 for bookings. pic.twitter.com/sRUoxTGZFQ