Ads by Stelco

ޚަބަރު

ލަންކާއަށް ކުރަމުންދާ ބޯ ވިއްސާރާގައި މަރުވި ފަރާތްތަކުގެ ޢާއިލާތަކަށް ރައީސް މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ

ލަންކާއަށް ކުރަމުންދާ ބޯ ވިއްސާރާގައި މަރުވި ފަރާތްތަކުގެ ޢާއިލާތަކަށް ރައީސް މުޢިއްޒު  ތަޢުޒިޔާ ވިދާޅުވެއްޖެ

ލަންކާއަށް މިހާރު ކުރިމަތިވެފައިވާ މޫސުމީ ކާރިސާގައި ފެންބޮޑުވެފައިވާ އަވަށެއް ފޮޓޯ: ބީބީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ނޮވެމްބަރު 2025، 04:28

28 ނޮވެމްބަރު 2025، 04:28

ސްރީލަންކާއަށް ފަހުގެ ތާރީޚެއްގައި ވެހުނު އެންމެ ބޯ ވާރޭގެ ސަބަބުން އެ ޤައުމަށް ދިމާވި ގެއްލުންތަކާއި، މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލަންކާގެ މޫސުން ގޯސްވެ، އެ ޤައުމަށް ކުރި ބޯ ވިއްސާރާގައި ގިނަ ބަޔަކު މަރުވެ، އެތައް ތަނަކަށް ގެއްލުންވުމުން ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ. އަދި ލަންކާއަށް މި ދިމާވެފައިވާ ހިތްދަތި ދަނޑިވަޅުގައި، އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހިން ދެމިތިބޭނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ޢާއިލާތަކަށް ވަކިން ޚާއްސަކޮށް ތަޢުޒިޔާ ވިދާޅުވެފައެވެ.

ފާއިތުވި ދެ ދުވަހުގެ ތެރޭގައި ސްރީލަންކާއަށް ވަނީ 300 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. މިއީ އެ ޤައުމަށް މިހާތަނަށް އެހާ ކުރު މުއްދަތެއްގެ ތެރޭގައި ވެހިފައިވާ އެންމެ ގިނަ ވާރޭގެ މިންވަރެވެ. ސްރީލަންކާގެ މޫސުމާބެހޭ އިދާރާއިން ވަނީ މި ހާލަތާ ގުޅިގެން ފުރަތަމަ ފަހަރަށް ރަތް ސަމާލު (ރެޑް އެލާޓް) އިޢުލާނުކޮށް، މޫސުން ވަރަށް ގޯސް ކަމުގެ އިންޒާރު ދީފައެވެ.



އާދަޔާ ޚިލާފަށް ވައިގަދަވެ، ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކާ ސްރީލަންކާއިން ކުރިމަތިލަމުންދާއިރު، އެ ޤައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރު (ޑީއެމްސީ)ން ބުނިގޮތުގައި ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 47 މީހުން މަރުވެފައިވެއެވެ. އަދި އިތުރު 21 މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. ޖުމްލަ 1،729 ޢާއިލާއަކަށް ނިސްބަތްވާ 5،893 މީހުންނަށް މި ވިއްސާރައިގައި އަސަރުކޮށް، ގެދޮރު ގެއްލިފައިވާ ކަމަށް ވެސް ޑީއެމްސީން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން