Ads by Stelco

ޚަބަރު

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް 2 ޑްރެޖަރު ބޭނުންކޮށްގެން އަވަސްކޮށް، ފެބްރުއަރީ މަހަށް ނިންމުމަށް އަމާޒު ހިފައިފި!

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް 2 ޑްރެޖަރު ބޭނުންކޮށްގެން އަވަސްކޮށް، ފެބްރުއަރީ މަހަށް ނިންމުމަށް އަމާޒު ހިފައިފި!

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް 2 ޑްރެޖަރު ބޭނުންކޮށްގެން ހިއްކަނީ ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ނޮވެމްބަރު 2025، 07:01

28 ނޮވެމްބަރު 2025، 07:01

މާލެ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅުއްވަމުންދާއިރު، ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް އިތުރު ޑްރެޖަރަކާއެކު އަވަސްކޮށް، އަންނަ ފެބްރުއަރީ މަހުގެ މެދެއްހާތަނަށް ނިންމުމަށް އަމާޒުހިފައިފިއެވެ. މި މަސައްކަތްތައް ކުރިއަށް ގެންދަވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ.

މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، މަޑުޖެހިފައި އޮތް ހުޅުމާލޭގެ ފޭސް 3ގެ ބިން ހިއްކުމުގެ މަސައްކަތް، މި މަހުގެ 10 ވަނަ ދުވަހު ސަރުކާރުން ވަނީ އަލުން ފަށާފައެވެ. މި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ސަރަޙައްދަށް ވަޑައިގެންފައެވެ. އަދި މަސައްކަތްތައް ހަލުވި ކުރުމަށް ބޭނުންވާ އެންމެހާ ކަންކަން ސަރުކާރުގެ ތެރެއިން ފަހިކޮށްދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތުގެ މަތިން ހުޅުމާލެ ފޭސް 3 ހިއްކުމުގެ ސްޕީޑް އަވަސް ކުރުމަށް އިތުރު ޑްރެޖަރެއް ގެނެސް، ހިއްކުން އަވަސް ކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން، ސީއެމްސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ، ބޮސްކާލިސްގެ 22,000 ސީބީއެމްގެ ޑްރެޖަރެއްގެ އެހީގައެވެ. 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި މި މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 24 ހެކްޓަރުގެ ބިން ހިއްކާފައެވެ.

މަސައްކަތް އަވަސްކުރުމަށް އެމްއޭސީއެލްގެ އެހީތެރިކަމާއެކު 2 ޑްރެޖަރު ވަނީ މި މަޝްރޫއަށް ހަމަޖައްސާފައެވެ. ކޮންމެ ޑްރެޖަރެއްގެ ކެޕޭސިޓީއަކީ 21,000 ސީބީއެމް އެވެ. މި ދެ ޑްރެޖަރުން ކޮންމެ ދުވަހަކު 3 ބުރު ޖަހާނެއެވެ. އެހެންކަމުން، ކޮންމެ ޑްރެޖަރަކުން ދުވާލަކު 63,000 ސީބީއެމްގެ ވެލި ބޯޓަކުން އަޅާނެއެވެ. މި ދެ ބޯޓުން ދުވާލަކު ޖުމްލަ 126,000 ސީބީއެމްގެ ވެލި އެޅޭނެއެވެ. މިގޮތަށް މަސައްކަތް ހަލުވިކުރުމުން ފެބްރުއަރީ މަހުގެ މެދެއްހާތަނަށް ހުޅުމާލެ ފޭސް 3 ހިއްކާ ނިންމާލެވޭނެކަމަށް އުންމީދުކުރެވޭ ކަމަށް އެމްއޭސީއެލްއިން މައުލޫމާތު ދެއްވައެވެ.



މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލެއް ގެނައުމަށް ސަރުކާރުން އަންނަނީ 5 ސަރަޙައްދަކުން 1600 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ހުޅުމާލެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ކުރަމުން އަންނައިރު، ގުޅިފަޅުން ޖުމްލަ 277 ހެކްޓަރުގެ ބިން ހިއްކުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މީގެތެރޭގައި ފުރަތަމަ ފިޔަވަހީގައި ހިއްކަން ނިންމި 192 ހެކްޓަރާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ސަރަޙައްދުން އިތުރަށް ހިއްކުމަށް ނިންމެވި 85 ހެކްޓަރުގެ ބިންވެސް ހިމެނެއެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދަވާ މި މަސައްކަތްތަކަކީ، ގިނަ ރައްޔިތުންގެ ހަޔާތަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ މުހިންމު މަސައްކަތްތަކެކެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން