ދުނިޔެ

ޖެެނީންގައި އިޒްރާއިލް ސިފައިންނަށް އަމާންދިން ފަލަސްޠީނުގެ ދެމީހެއްގެ ގަޔަށް އިޒްރާއިލް ސިފައިން ބަޑިންހަމަލާދީފި

ޖެެނީންގައި އިޒްރާއިލް ސިފައިންނަށް އަމާންދިން ފަލަސްޠީނުގެ ދެމީހެއްގެ ގަޔަށް އިޒްރާއިލް ސިފައިން ބަޑިންހަމަލާދީފި

އިޒްރާއިލް ސިފައިން ހުޅަނގުއައްސޭރީގެ މަގުތަކުގައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 ނޮވެމްބަރު 2025، 07:28

28 ނޮވެމްބަރު 2025، 07:28

ފަލަސްތީނުގެ ބާރުގެ ދަށުގައިވާ ހުޅަނގުއައްސޭރީގެ ޖެނިން ސިޓީގައި އިސްރާއީލުގެ ސިފައިން ހިންގި ރެއިޑެއްގައި، ފަލަސްތީނުގެ ދެ ފިރިހެނުން ސިފައިންނަށް އަމާންދިނުމުންވެސް ބަޑިޖަހައި ޝަހީދުކޮށްލި މަންޒަރު ދައްކުވައިދޭ ކަމަށް ވީޑިއޯ ފުޓޭޖެއް ދައުރުވާންފަށައިފިއެވެ.

 މި ހާދިސާ ހިނގާފައިވަނީ އިޒްރާއީލުގެ އަނިޔާވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

އަލް ޖަޒީރާގެ ނޫރު އޯދޭ، ޖެނިންގައި ތިބި ނޫސްވެރިންނަށް ހަވާލާދީ ބުނެފައިވާ ގޮތުގައި ބުރާސްފަތި ދުވަހު އެ ދެމީހުން ވަނީ ގެއިން ނުކުމެ، "އެމީހުންގެ ގަމީސް މައްޗަށް ދަމާލައި، އެމީހުންގެ އަތުގައި ހަތިޔާރެއް ނެތްކަން ދައްކާލާފައި" އެވެ. ނަމަވެސް ސިފައިން އެމީހުންނަށް އަމުރުކުރީ އެމީހުން ތިބި އިމާރާތަށް އަނބުރާ ވަނުމަށެވެ. "އަދި ދެން އެމީހުންނަށް ބަޑިޖަހައި މަރާލީ. އެމީހުންނަށް އަދަބު ދިނީ،" އޯދޭ ވިދާޅުވިއެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މަރާލެވުނު ދެމީހުންނަކީ 26 އަހަރުގެ އަލް-މުންތަސިރު ބިއްލާހު އަބްދުﷲ އާއި 37 އަހަރުގެ ޔޫސުފް އަސާސާއެވެ.

އިޒްރާއީލުގެ ސިފައިން ބުނި ގޮތުގައި އެމީހުން ހޯދަމުން ދިޔައީ ޖެނިން ސަރަހައްދުގައި ހަރަކާތްތެރިވާ "ޓެރަރިސްޓް ނެޓްވޯކް" އަކާ ގުޅުން ހުރި މީހުންނެވެ. ނަމަވެސް އެ ދެމީހުން އިމާރާތުން ނުކުތުމަށްފަހު، "ޝައްކުކުރެވޭ މީހުންނަށް ބަޑިޖެހި" ކަމަށް ބަޔާނުގައިވެއެވެ. އަދި މި ހާދިސާ "މައިދާނުގައި ތިބި ކޮމާންޑަރުންގެ ފަރާތުން ދިރާސާކުރަމުންދާ" ކަމަށް ބުންޏެވެ. 

ނަމަވެސް އޯދޭ ފާހަގަކުރެއްވި ގޮތުގައި، ތާރީޚަށް ބަލާއިރު، ފަލަސްތީނުގެ މީހުން ޝަހީދިުކޮށްލުމާ ގުޅޭ ގޮތުން އިސްރާއީލުން ހިންގާ ތަޙުޤީޤުތައް އާންމުކޮށް "ދައުވާކުރުމަކަށް ނުވަތަ ޖިނާއީ ތަޙުޤީޤަކަށް ނުދެއެވެ."

ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން މި ބަޑިޖެހުން ސިފަކުރީ "އިންސާނިއްޔަތާ ޚިލާފު ޤަތުލެއް" އަދި "ގަސްތުގައި ހިންގާފައިވާ އިޒްރާއީލުގެ ހަނގުރާމަ ކުށެއް" ގެ ގޮތުގައެވެ.

ފަލަސްތީނުގެ ނޭޝަނަލް އިނިޝިއޭޓިވްގެ ވެރިޔާ މުސްތަފާ ބަރުޣޫތީ ވެސް ޖެނިންގައި ހިނގި މި ޤަތުލު ކުށްވެރިކުރައްވައި ވިދާޅުވީ، "ކެމެރާތައް ކުރިމަތީގައި ހަވާލުވުމަށްފަހު އިޒްރާއީލުގެ ސިފައިން ދެ ފަލަސްތީނުގެ މީހުންނަށް އަދަބު ދިނީ" ކަމަށެވެ. އިޒްރާއީލުގެ އެންމެ ފުރަތަމަ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން-ގްވީރު ވަނީ މި ޤަތުލުތަކަށް މަރުހަބާ ކިޔާފައެވެ.

 އޭނާ ސޯޝަލް މީޑިއާގައި ލިޔެފައިވަނީ އިޒްރާއީލުގެ ސިފައިން "އެމީހުންގެ ކިބައިން އުންމީދުކުރާ ގޮތަށް ހަމަ އެގޮތަށް އަމަލުކުރީ – ޓެރަރިސްޓުން މަރުވާން ޖެހޭ!" ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ހުޅަނގުއައްސޭރީގެ އުތުރުގައި އިޒްރާއީލުން ދެވަނަ ދުވަހަށް ވެސް ހެލިކޮޕްޓަރުތަކާއި ޑްރޯން ބޭނުންކޮށްގެން ރެއިޑްތައް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. މި ސަރަހައްދުގައި ފަލަސްތީނުގެ މީހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފަލަސްތީނުގެ ނިއުސް އެޖެންސީ ވައްފާ ރިޕޯޓުކުރި ގޮތުގައި، ބުދަ ދުވަހު އިޒްރާއީލުގެ އަސްކަރީ ހަރަކާތްތައް ފެށުނު ފަހުން މަދުވެގެން 25 ފަލަސްތީނުގެ މީހުން ޒަޚަމްވެފައިވާއިރު، 100 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން