ދުނިޔެ

ސީރިއާގެ ދެކުނުގެ ރަށަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި 13 މީހުން ޝަހީދުވެއްޖެ

ސީރިއާގެ ދެކުނުގެ ރަށަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި 13 މީހުން ޝަހީދުވެއްޖެ

ސީރިޔާއަށް އިޒްރާއިލްއަށް ދިން ހަމަލާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 ނޮވެމްބަރު 2025، 09:20

28 ނޮވެމްބަރު 2025، 09:20

ސީރިއާގެ ދެކުނުގެ ރަށެއް ކަމަށްވާ ބައިތު ޖިންނަށް އިޒްރޭލުގެ ސިފައިން ދިން ހަމަލާއެއްގައި 13 މީހުން ޝަހީދުވެފައިވާކަމަށް ސީރިއާގެ ސަރުކާރުގެ މީޑިއާއިން ރިޕޯޓުކޮށްފިއެވެ. 

މި ހަމަލާދީފައިވަނީ މިއަދުއެވެ. ވަނީ މިއީ "ޖިނާއީ ހަމަލާއެއް" ކަމަށް ބުނެ އިޒްރޭލަށް ތުހުމަތުކޮށްފައެވެ. އިޒްރޭލުން ބުނެފައިވަނީ އެ ސިފައިންނަށް ހަމަލާ ދިނީ ހަނގުރާމަވެރިން ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި ކަމަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ބައިތު ޖިންނުގައި ހިންގި މި އޮޕަރޭޝަންގެ ތެރޭގައި ހަނގުރާމަވެރިން ދިން ހަމަލާއެއްގައި އެ ޤައުމުގެ ހަ ސިފައިން ޒަޚަމްވިއެވެ. އޭގެ ތެރެއިން ތިން މީހުންގެ ހާލު ސީރިއަސް ކަމަށްވެއެވެ. މި އަދަދުތަކުން ދައްކަނީ ރައީސް ބައްޝާރު އަލް-އައްސަދު ވެރިކަމުން ދުރުކުރި ފަހުން މި ސަރަހައްދުގައި ހިނގި އެންމެ ނުރައްކާތެރި އެއް ހަމަލާ ކަމަށެވެ.

 އަލް-އައްސަދު ވެރިކަމުގައި ހުންނެވި އިރުވެސް އިޒްރޭލުން ވަނީ ސީރިއާއަށް ވަރަށް ގިނަ ފަހަރު ބޮން އަޅާފައެވެ. އަލް-އައްސަދު ވެރިކަމުން ދުރުކުރި ފަހުން އިޒްރޭލުން ވަނީ އެ ޤައުމުގެ އަސްކަރީ އޮޕަރޭޝަންތައް އިތުރުކޮށްފައެވެ. އޭގެ މަޤްޞަދުތަކުގެ ތެރޭގައި ހަނގުރާމަވެރިން ބޯޑަރު ސަރަހައްދުން ދުރުކުރުން ހިމެނެއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ، މި އޮޕަރޭޝަން ހިންގާފައިވަނީ ލުބުނާނުގެ ސުންނީ ޖަމާއަތެއް ކަމަށްވާ ޖަމާއަތު އިސްލާމިއްޔާގެ މެމްބަރުން ހައްޔަރުކުރުމަށް ކަމަށެވެ. މި ޖަމާއަތަކީ ޣައްޒާ ހަނގުރާމައިގެ ތެރޭގައި ލުބުނާނުން އިޒްރޭލަށް ރޮކެޓު ހަމަލާތައް ދިން ޖަމާއަތެކެވެ.

 އިޒްރޭލުން ތުހުމަތުކުރާ ގޮތުގައި މި މީހުން ވަނީ “ޓެރަރިސްޓް ރޭވުންތަކެއް” ގައި ބައިވެރިވެފައެވެ. މި އޮޕަރޭޝަނަކީ ފާއިތުވި މަސްތަކުގައި މި ސަރަހައްދުގައި ހިންގާފައިވާ އާދައިގެ އޮޕަރޭޝަންތަކުގެ ތެރެއިން އެއް އޮޕަރޭޝަން ކަމަށް އިޒްރޭލުން ބުނެއެވެ.

ސީރިއާގެ ސަރުކާރުގެ ޚަބަރު އެޖެންސީ ސާނާ އިން ރިޕޯޓުކުރި ގޮތުގައި އިޒްރޭލުގެ ސިފައިން ބައިތު ޖިންނަށް ބޮން އަޅާފައިވަނީ ފަތިހު 3:40 (0140 ޖީއެމްޓީ) ގައި ކަމަށާއި، އިޒްރޭލުގެ ސިފައިން ރަށަށް ވަދެފައިވާ ކަމަށެވެ. ރަށުގެ ރައްޔިތުން އިޒްރޭލުގެ ސިފައިންނާ ކުރިމަތިލުމުން “ހަމަނުޖެހުންތަކެއް” ހިނގާފައިވާ ކަމަށް އެ އެޖެންސީން ބުނެއެވެ. 

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ "ހަތިޔާރު އެޅި ޓެރަރިސްޓުން" އެ ސިފައިންނަށް ހަމަލާދިން ކަމަށާއި، އެމީހުން ވައިގެ އެހީގައި ހަމަލާތަކަށް ރައްދުދީފައިވާ ކަމަށެވެ. އިޒްރޭލުގެ އަސްކަރީ ތަރުޖަމާނު އަވީޗޭ އަދްރާއީ ވިދާޅުވީ އިޒްރޭލުގެ ބޯޑަރުތަކުގައި "ޓެރަރިޒަމް އާއި ޓެރަރިސްޓް ބާރުތައް" ހަރުލާކަށް ފުރުސަތު ނުދޭނެ ކަމަށާއި، "ޓެރަރިސްޓް ރޭވުންތަކެއްގައި ބައިވެރިވި" ކަމަށް ތުހުމަތުކުރެވޭ ތިން މީހުން ހުކުރު ދުވަހު ހައްޔަރުކުރެވިފައިވާ ކަމަށެވެ.

ސީރިއާގެ ޚާރިޖީ ވުޒާރާއިން ބުނީ އިޒްރޭލުގެ މި ހަމަލާގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ގޮތަށް 10 އަށް ވުރެ ގިނަ އާންމުން މަރުވެފައިވާ ކަމަށާއި، މިކަމުގެ ސަބަބުން މުދަލަށް ގެއްލުންވެ، ރައްޔިތުންނަށް ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ ކަމަށެވެ. ސީރިއާއިން ވަނީ އިޒްރޭލުގެ މި ހަމަލާއަކީ "ފުރިހަމަ ހަނގުރާމައިގެ ކުށެއް" ކަމަށް ސިފަކޮށް، މި ހަމަލާތަކުގެ ސަބަބުން ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވާ ކަމުގެ އިންޒާރު ދީފައެވެ.

ބައިތު ޖިންނުގެ ލޯކަލް އޮފިޝަލެއް ކަމަށްވާ ވަލީދު އަކާޝާ ވަނީ އެ ސަރަހައްދުގައި އެއްވެސް ޓެރަރިސްޓް ޖަމާއަތެއް ނެތް ކަމަށް ދޮގުކޮށްފައެވެ. "އަހަރެމެންނަކީ އަމާން، އާންމު ރައްޔިތުން، ދަނޑުވެރިން. އަހަރެމެންނަށް އަހަރެމެންގެ ދިފާޢުގައި ހައްޤު އެބައޮތް. އަހަރެމެން ފުރަތަމަ އެމީހުންނަށް ހަމަލާދީފައެއް ނުވޭ – އެމީހުން އަހަރެމެންގެ ބިމަށް ވަނީ", އޭނާ ރޮއިޓާސްއަށް ފޯނުން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން