Ads by Exprox

ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފި!

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފި!

ޓެކްސް އެޕީލް ޓްރައިބިޔުނަލްގެ އޮފީސް. ފޮޓޯ: ސަން މީޑިއާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 އޯގަސްޓު 2024، 04:04

29 އޯގަސްޓު 2024، 04:04

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުން ބުނެފައިވަނީ މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، 17 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުން ކަމަށެވެ.

މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމުތަކާއި އިޤުރާރު ރައީސް  އޮފީހުގެ ރިސެޕްޝަނުންނާއި، އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށްވެސް އެ އެއޮފީހުން ބުނެއެވެ. 

ޓެކްސް އެޕީލް ޓްރައިބިއުނަލްއަކީ ޓެކްސްއާ ބެހޭ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހެޅޭ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޓްރައިބިއުނަލް އެކެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco