ޚަބަރު
ހުޅުމާލޭ ގެސްޓް ހައުސްއެއްގައި މަރުވެފައި އޮތް މީހަކު ފެނިގެން، ފުލުހުން ޙަރަކާތްތެރިވަނީ
ހުޅުމާލޭ ފުރަތަމަ ފިޔަވަހި / ތަޞްވީރު: އެޗް.ޑީ.ސީ.
ފަރުދުން
30 ނޮވެމްބަރު 2025، 02:19
30 ނޮވެމްބަރު 2025، 02:19
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރެއިން، މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިގެން، މިއަދު މެންދުރު 12:14 ހައިއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ވީމާ، މި ކަމާ ގުޅިގެން ފުލުހުން މިހާރު އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދާ ކަމަށް މެސެޖުގައި ވެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މަރުވެފައި އޮއްވައި ފެނުނީ ފިރިހެން މީހެކެވެ. މި ކަމާ ގުޅޭ އިތުރު ތަފްޞީލުތައް އަދި ހާމަކޮށްފައި ނުވާއިރު، މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ އެންމެހައި ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.