Ads by Stelco

ޚަބަރު

ލަންކާގެ ބިންގަނޑު ކަނޑައިގެން ދިޔަ ސަރަޙައްދެއްގައި ތިބި ދިވެހި ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފި

ލަންކާގެ ބިންގަނޑު ކަނޑައިގެން ދިޔަ ސަރަޙައްދެއްގައި ތިބި ދިވެހި ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފި

ޠޫފާނުގެ ސަބަބުން ސްރީލަންކާގައި ފެންބޮޑުވުން.

farudhun logo

ފަރުދުން

30 ނޮވެމްބަރު 2025، 03:07

30 ނޮވެމްބަރު 2025، 03:07

އަވައްޓެރި ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ނުރައްކާތެރި މޫސުމީ ޙާލަތުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔަ ސަރަޙައްދެއްގައި ތިބި ދިވެހި ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން މިއަދު އެހީތެރިކަން ފޯރުކޮށްދީފައިވަނީ، މާލަބެ ޑިސްޓްރިކްޓުގައި ދިރިިއުޅެމުން އަންނަ ދިވެހި މަންމައަކާއި ދަރިފުޅަކަށެވެ. އެ ދެމައިން ދިރިއުޅެމުން އަންނަ ސަރަޙައްދަށް މޫސުން ގޯސްވުމުގެ ސަބަބުން، ބިންގަނޑު ކަނޑައިގެން ގޮސް، މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.

ދައުލަތުގެ މީޑިޔާ ޕީ.އެސް.އެމް.އިން މަޢުލޫމާތު ދޭ ގޮތުގައި، އެ ޢާއިލާ މިހާރު ވަނީ ހައި ކޮމިޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެ މީހުންނަށް ބޭނުންވާ ހުރިހައި އެހީތެރިކަމެއް ދަނީ ފޯރުކޮށްދެމުންނެވެ.

ޠޫފާން "ދީތުވާ"ގެ ސަބަބުން ލަންކާއަށް ދިމާވެފައިވާ މޫސުމީ ކާރިސާއާ ގުޅިގެން އެ ޤައުމުގައި ތިބި ދިވެހި ރައްޔިތުންގެ ޙާލަތު ގާތުން ބަލައި، އެހީތެރިކަން ފޯރުދިނުމުގެ މަސައްކަތް ހައި ކޮމިޝަނުން މެދުކެނޑުމެއް ނެތި ދަނީ ކުރިއަށް ގެންދަމުންނެވެ. އެ ގޮތުން، އެހީތެރިކަން ބޭނުންވާ މީހުން ވީހައި ވެސް އަވަހަކަށް ކޮމިޝަނަށް ގުޅައިގެން އެހީތެރިކަން ހޯދުމަށް، ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. ހަމަ އެއާ އެކު، ލަންކާގައި އުޅޭ ދިވެހީން، ލަންކާ ސަރުކާރާއި ކަމާ ގުޅޭ އިދާރާތަކުގެ އިރުޝާދުތަކަށް ޢަމަލުކުރުމަށް ވެސް ހައި ކޮމިޝަނުން ވަނީ އެދިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން